twitterviber whatsapp telegramfacebookyoutube instagram
14th July 2026

ކުޅުދުއްފުށީގައި ސައިކަލެއް ކޮންޓްރޯލުނުވެ ހިނގި އެކްސިޑެންޓެއްގައި ޒުވާނެއްގެ ބޯފެޅިއްޖެ

އަބްދުލް ވާހިދު ޙަސަން
Apr 23, 2025
1

ކުޅުދުއްފުށީގައި ސައިކަލެއް ކޮންޓްރޯލުނުވެ ހިނގި އެކްސިޑެންޓެއްގައި ޒުވާނެއްގެ ބޯފެޅިއްޖެ އެވެ.

ހޭނަކަތާ ހިނގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލުނުވެ ގެޔެއްގެ ފާރެއްގައި ޖެހި ހިނގި މި އެކްސިޑެންޓްގައި ޒަހަމްވީ 18 އަހަރުގެ ޒުވާނަކަށެވެ.

މަންޒަރު ދުއް ބައެއް މީހުން ކޭއޯއަށް މައުލޫމާތުދެމުން ބުނީ، އެ ސައިކަލް ދުއްވަން އިނީ ސްކޫލް ދަރިވަރެއް ކަމަށާއި އޭނާ ދިޔައީ ސްކޫލު ނިންމިގެން ގެޔަށް ކަމަށެވެ. އެކްސިޑެންޓްވީ 'ފަންދު' ކިޔާ ގޭގެ ފާރުގަ ޖެހިގެން ކަމަށާއި ހާދިސާ ހިނގިއިރު ސައިކަލްގައި އިނީ އޭނާ އެކަނި ކަމަށެވެ

އެކްސިޑެންޓްވި ތަނުގައި ލޭ ހުރި އިރު އޭނާއަށް އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. ސައިކަލް ކޮންޓްރޯލްކުރަން ފައި ޖެއްސިކަމުގެ ނިޝާންވެސް މަގުން ފެންނަން ހުއްޓެވެ.

ހޮސްޕިޓަލްގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ، އެ ޒުވާނާގެ ބޮލުގެ ދެތަނަކުން ފަޅައިގެން ގޮސްފައިވާ ކަމަށާއި މިވަގުތު ހާލު ސީރިއަސް ނޫން ކަމަށެވެ. އެކަމަކު ބޮލުގެ އަނިޔާއެއްވުމުން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް އީއާރުގައި ބާއްވައިގެން ފަރުވާދެމުންދާ ކަމަށެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުން ފަހަކަށް އައިސް ކުޅުދުއްފުށީގައި ގިނަ އެކްސިޑެންޓްތަކެއް އަންނަނީ ހިނގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355