twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޗެމްޕިއަންސް ލީގު ފައިނަލުގެ ރިޕޯޓަށް ފިޔަވަޅު އަޅައިދިނުމަށް ލިވަޕޫލުން ޔޫއެފާއަށް ގޮވާލައިފި

މުޙައްމަދު އަހުމަދު
Feb 14, 2023

މިދިޔަ އަހަރު ޕެރިސްގައި އޮތް ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ކުރިން ހިނގައިދިޔަ ކަންތައްތަކާ މެދު ލިވަޕޫލުން ވަކިން ހުށައެޅި ރިޕޯޓުގައިވާ ކަންތައްތައް ފުރިހަމަކޮށް އެޔަށް ފިޔަވަޅު އަޅައިދިނުމަށް އެކުލަބުން ޔޫއެފާއަށް ގޮވާލައިފި އެވެ.

މިދިޔަ އަހަރުގެ މެއިމަހު 28 ގައި ރެއާލާއި ދެކޮޅަށް ލިވަޕޫލުން ކުޅުނު ފައިނަލުގައި ސްޓޭޓް ޑި ފްރާންސްގެ ބޭރުގައި ފޭނުންގެ ގަޔަށް ކަރުނަ ގޭސް ޖަހާ ބޮޑު ހާދިސާއެއް ހިނގައިދިޔަ އެވެ.

ލިވަޕޫލުން ހުށައެޅި ރިޕޯޓުގައިވަނީ އެކަންތައްތަކުގެ މައިގަނޑު ޒިންމާ ޔޫއެފާއިން ނަގަން ޖެހޭ ކަމަށް ބުނެފަ އެވެ. އަދި އެހާދިސާގައި މީހަކު މަރުވެފައިނުވާކަމީ އުފާކުރާ ކަމެއް އެރިޕޯޓުގައިވެ އެވެ.

އެކަހަލަ ހާދިސާއެއް ހިނގާ މީހެއްގެ ފުރާނަ ދިއުމުގެ ކުރިން އެކަން ހައްލުކުރުމުގެ ގޮތުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ލިވަޕޫލުން ބުނެ އެވެ. އަދި އެކުލަބުން ވަނީ 1989ގެ ހިލްބަރޯ ހާދިސާގެ ވާހަކަ ވެސް މިރިޕޯޓުގައި ފާހަގަކޮށްފަ އެވެ.

"އަހަރެމެންގެ ޕެނަލުން ފާހަގަކުރި ބަދަލުތައް ކިތަންމެ އުދަނގޫ ވިޔަސް ޔޫއެފާއިން އެގޮތަށް އަމަލުކުރުމަށް އާދޭސްކުރަން. އެއީ ސަޕޯޓަރުންގެ ރައްކާތެރިކަމަކީ ކޮންމެ ޔޫއެފާ ފުޓްބޯޅަ މެޗެއްގެ އެންމެ ބޮޑު އަމާޒު." ލިވަޕޫލުން ބުނެ އެވެ.

1 - 0 ން ރެއާލް އަތުން ލިވަޕޫލް ބަލިވި ފައިނަލު މެޗުގެ 3 ދުވަހަށް ފަހު ޔޫއެފާއިން ނެރުނު ރިޕޯޓުގައި ވަނީ އެކަހަލަ ހާދިސާއެއް ބޮޑު ކުޅިވަރު އިވެންޓެއްގައި ވިޔަ ނުދިނުމުގެ މަސައްކަތުގެ ދަށުން 21 ބަދަލެއް ފާހަގަކޮށްފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ހަމައެކަނި ޑިޖިޓަލް ޓިކެޓް ބޭނުންކުރުމާއި ޔޫއެފާއިން އެއިދާރާގެ ރައްކާތެރިކަން ޔަގީންކުރުމާއި އެއިދާރާގެ ސެކިއުރިޓީ ޔުނިޓްގެ މައިގަނޑު ޒިންމާތަކެއް ކަން ފާހަގަކޮށްފަ އެވެ.

މިއީ ފްރާންސުން 2023 ރަގްބީ ވޯލްޑް ކަޕާއި 2024 އޮލިމްޕިކް އަދި ޕެރަ އޮލިމްޕިކް ގޭމްސް ބޭއްވުމުގެ ކުރިން ލިބުނު "ވޭކްއަޕް ކޯލް" އެއްކަމަށް ބުނެ ފްރާންސްގެ އިދާރާތަކަށް ތައްޔާރުވެ ތިބުމަށް އިންޒާރުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355