twitterviber whatsapp telegramfacebookyoutube instagram
27th July 2024

ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 40،000 އަށް

Feb 15, 2023

މިދިޔަ ހަފުތާގެ ހޯމަ ވިލޭރެ އާއި ހޯމަ ދުވަހު ތުރުކީ ވިލާތަށް އައި ބާރު ގަދަ ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު 40،000 އަށް އަރައިފިއެވެ.

އެ ސަރަހައްދުތަކަށް 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން 200 ގަޑިއިރަށްވުރެ ގިނަ އިރު ވެފައިވާއިރު، އިމާރާތްތަކުގެ ދަށުގައި މީހުން ދިރިތިބޭނެ ކަމުގެ އުއްމީދު ތައް ވަނީ މިހާރު ކުޑަވެފައެވެ. އަދި ގިނަ އަދަދެއްގެ މީހުންނަށް ކާބޯތަކެއްޗާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަމާލުކަން ވަނީ ބަދަލުވެފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަންގާރަ ދުވަހު އެ ސަރަހައްދުން މަރުވި މީހުންގެ އަދަދު ވަނީ 40،000 އަށް ވުރެ މައްޗަށް އަރާފައެވެ.

ބިންހެލުންތަކުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން 8000 އަށް ވުރެ ގިނަ މީހުން ދިރި ތިއްބައި ސަލާމަތް ކުރެވުނު ކަމަށް އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން މިއަދު ވިދާޅުވެއްޖެ އެވެ.

މި ބިންހެލުންތަކުގައި ތުރުކީ ވިލާތުން އެކަނިވެސް 12000 އަށް ވުރެ ގިނަ އިމާރާތް ބިމާ ހަމަވެފައިވާ އިރު، އެ އިމާރާތްތަކުގެ ދަށުވެގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 31643 އަށް އަރައިފަ އެވެ. އަދި ސީރިޔާގައި ވެއްޓުނު އިމާރާތްތަކުގެ ދަށުވެގެން މަރުވި 5800 އަށް ވުރެ ގިނަ މީހުންނާއެކު، ދެ ގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 37000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ގިނަ އަދަދެއްގެ ބަޔަކު ދިރި ތިއްބައި ސަލާމަތް ކުރެވުނީ އެކަމުގައި އެހީތެރިވުމަށް ތުރުކީ އަށް އައި ރަހުމަތްތެރި ގައުމުތަކުގެ ރެސްކިޔޫ ޓީމުތަކުގެ ވަރަށް ބުރަ މަސައްކަތުންނެވެ. އެކަމަށްޓަކައި، އެހީތެރިވެދިން ހުރިހާ ގައުމަކަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355