twitterviber whatsapp telegramfacebookyoutube instagram
6th February 2026

ޓޮޓެންހަމް ގަންނަން އުޅޭ ރިޕޯޓުތަކާ ގުޅޭގޮތުން އެކުލަބުން ރައްދެއް ނުދިން

މުޙައްމަދު އަހުމަދު
Feb 15, 2023

ބިލިއަނަރު ޖާމް ނަޖަފީ ޓޮޓެންހަމް ހޮޓްސްޕާ ގަންނަން އުޅޭ ކަމަށް ރިޕޯޓުތަކުން ބުނި ނަމަވެސް އެ ރިޕޯޓުތަކަށް ރައްދު ދިނުމަށް އެކުލަބުން ދެކޮޅު ހަދައިފި އެވެ.

އިރާނިއަން-އެމެރިކަން ނަޖަފީ އަކީ ސްޕޯޓްސް އިންވެސްޓްމަންޓް ކުންފުނި އެމްއެސްޕީ ސްޕޯޓްސް ކެޕިޓަލްގެ ޗެއާ އޮފް ސްޕޯޓްސް އެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާ އަންނަނީ 3.1 ބިލިއަން ޕައުންޑަށް އެކުލަބް ގަތުމަށް ތައްޔާރުވަމުންނެވެ.

ދި ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓުކުރި ގޮތުގައި ނަޖަފީ މަސައްކަތްކުރަމުން އަންނަނީ އިންވެސްޓަރުންގެ ގްރޫޕަކާއެކު ސްޕާސްއަށް ބިޑެއް ހުށައެޅުމަށެވެ. އަދި ޓޮޓެންހަމްގެ އޯނަރު ޖޯ ލޫވިސްއާއި ޗެއާމަން ޑެނިއަލް ލެވީއާ ހަމައަށް ދިއުމުގެ މަސައްކަތްކުރާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެ އެވެ.

ނަޖަފީއަކީ އެންބީއޭ ޓީމް ފޮއެނިކްސް ސަންސްގެ ކުޑަ ހިއްސާދާރެކެވެ. ޓޮޓެންހަމުން ރޭ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުން އޭސީ މިލާން އަތުން 1 - 0 ން ބަލިވިއިރު އެޓީމު މިވަގުތު އޮތީ ޕްރިމިއާ ލީގުގެ 5 ވަނައިގަ އެވެ.

ޓޮޓެންހަމްގެ ދަނޑަކީ 63000 މީހުންގެ ޖާގައިގެ ދަނޑެކެވެ. އަދި ދަނޑު ހެދުމަށް 1 ބިލިއަން ޕައުންޑް ހޭދަވެފައިވާއިރު އެދަނޑުގައި ފުރަތަމަ ޕްރިމިއާ ލީގުގެ މެޗެއް ކުޅެވިފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355