twitterviber whatsapp telegramfacebookyoutube instagram
6th February 2026

ބެންފީކާއާ ޑޯޓްމަންޑަށް މޮޅެއް، ފުރަތަމަ ލެގުން ޗެލްސީ ބަލިވެއްޖެ

މުޙައްމަދު އަހުމަދު
Feb 16, 2023

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑުން ޗެލްސީ ބަލިކުރިއިރު ބެންފިކާ އަތުން ކުލަބް ބްރޫޖް ބަލިވެއްޖެ އެވެ.

ރޭ ޑޯޓުމަންޑުން ޗެލްސީ ބަލިކުރީ 1 - 0 ގެ ހަނި ތަފާތަކުންނެވެ. މިމޮޅާއެކު ޑޯޓްމަންޑް މިވަނީ ކުއާޓާއާ ގާތަށް ޖެހިލާފަ އެވެ. އެޓީމަށް ދެވަނަ ލެގު އެއްވަރުކޮށްލައިގެން ވެސް ކުއާޓާގެ ޖާގަ ލިބޭނެ އެވެ.

އަމިއްލަ ދަނޑުގައި ރޭ ޑޯޓްމަންޑް 1 - 0 ން މޮޅުވިއިރު އެޓީމުގެ ހަމައެކަނި ލަނޑު 63 ވަނަ މިނެޓުގައި ޖަހައިދިނީ ކަރީމް އަޑޭމީ އެވެ. މިމެޗުގައި ޗެލްސީއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެންމެ އެދެވޭ ބޭނުން ހިފޭ ގޮތެއް ނުވި އެވެ. ހާއްސަކޮށް ޔާއޯ ފީލިކްސްގެ ހަމަލާތައް ފާހަގަކުރެވެ އެވެ،

ރޭ ބެންފިކާއިން ކުލަބް ބްރޫޖް ބަލިކުރީ ފަސޭހަކަމާއެކު 2 - 0 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ބެންފިކާއިން ލަނޑުތައް ޖަހާފައިވަނީ ޕެނަލްޓީންނެވެ. ފުރަތަމަ ލަނޑު ޕެނަލްޓީއަކުން ޖާއޯ މާރިއޯ ކާމިޔާބުކޮށްދިންއިރު ދެވަނަ ޕެނަލްޓީ ޖަހައިދިނީ ނެރޭސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355