twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހިނިތުންވުން: ހަރަދަކާނުލާ ކުރެވޭ ޞަދަޤާތެއް

ހ.މ
Mar 3, 2023

އާއެކެވެ. މި ޞަދަޤާތް ކުރުމަށްޓަކައި ތިމާގެ އަތުން އެއްވެސް މުދަލެއް ފައިސާއެއް ބޭނުމެއް ނުވެއެވެ. އެއީ ހިނިތުންވެލުމަކީ ތިމާއަށް ލިބޭ ޞަދަޤާތެކެވެ. މިކަމަށްޓަކައި ތިމާގެ ހިތްވަރާ ފަންވަރުން ބުރަ ތަކުލީފު ހުރި އެއްވެސް މަސައްކަތެއް ކުރާކަށްވެސް ނުޖެހޭނެއެވެ. އޭގެ ސަބަބުން ތިމާއަށް ދުނިޔެއާ އާޚިރަތުގައިވެސް މަންފާ ލިބޭނޭ އަމަލެކެވެ.

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ހަދީސް ބަސްފުޅެއްގެ މާނާގައިވަނީ

"ތިބާގެ އަޚާގެ ކުރިމަތީގައި ތިބާ ހިނިތުންވެލާ ހިނިތުންވެލުމަކީ، ތިބާއަށް ލިބިގެންވާ ޞަދަޤާތެކެވެ"

ހިނިތުންވުމަކީ ހިތްހެޔޮކަމާ، އުފާވެރިކަމާ، ލަދުވެތިކަންވެސް އޭގައި ހިމެނިފައިވާ ޖާދުވީ ބާރެކެވެ. ދޭދޭ ގުޅުންތައް ބަދަހިކޮށް ދަމަހައްޓައިދޭ މެދުވެރިއެވެ. ކުރިމަތިވާ ހިތާމަ ތަކުންނާ، މާޔޫސްކަމުން ސަލާމަތް ކޮށްދޭ އެހީތެރިއެކެވެ.

އަދި އެވަރަކުން މީގެ ޖާދުވީ ބާރު ނުހުއްޓެއެވެ. ސާފު ހިނިތުންވުމަކުން، ތިމާގެ ކައިރީގައި އެވަގުތަކު ތިބޭ އެހެން މީހުންނަށްވެސް އުފާވެރިކަން ލިބި ހިނިތުންވުމަށް ފުރުސަތު ހުޅުވިގެންދެއެވެ. އަދި އެކަކުގެ ކިބައިން އަނެކަކަށް އެ ހިނިތުންވުން ދައުރުވެ ގިނަ ބަޔަކަށް އޭގެ މަންފާ ބެހިގެންދެއެވެ.

ހިނިތުންވުމަކީ އޭގެން ސިއްހީގޮތުން ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ.

އޭގެ ތެރޭގައި؛

1. އިންސާނާގެ ސިއްޙީ، ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ރައްކާތެރިކޮށް ދިނުން

2. ލޭމައްޗަށް ދިޔުން ތިރިކޮށް ދިނުން

3. ލޭހިނގުން ތާޒާ ކޮށްދިނުން

4. ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަ ކޮށްދިނުން

5. ހިތުގެ މަސައްކަތްތަކަށާ ސިކުނޑީގެ މަސައްކަތްތަކާ ހަށިގަނޑުގެ މަސައްކަތްތަކަށް ފަހި އަސަރުތަކެއް ފޯރުން

6. ނަފުސުގެ ތެރެއަށް ހަމަހިމޭންކަމާ ހިތްހަމަޖެހުން ފާއްދައިދިނުން

މީގެ އިތުރުންވެސް، ވަރަށް ގިނަ ސިއްޙީ ފައިދާތައް ހިނިތުންވުމުގައި ހިމެނޭ ކަމުގައި ދިރާސާތަކުގައި ބަޔާންކޮށްފައި ވެއެވެ.

މިކުޑަކުޑަ ކަމުގެ މައްޗަށް އަމިއްލަ ދިރިއުޅުމުގެ ތެރެއިން ވިސްނާލަމާތޯއެވެ. އެންމެ ފުރަތަމަ އާއިލާގެ ތެރޭގައި އެކަކު އަނެކަކަށް ހިއްސާކުރާ ހިނިތުންވުމުގެ އަސަރާމެދުގައެވެ.

ކިތަންމެ ބުރަ މަސައްކަތެއްގައި އުޅެފައި، ވަރުބަލިވެ ނޫނީ މަސައްކަތުގެ ތެރެއިން ދިމާވާ ކަމަކާ ހިތްހަމަނުޖެހި ހުރެ ގެއަށް އާދެވޭ ދުވަހެއްގައިވެސް، ތިމާގެ ލޯބި ލޯބި ދަރިންކޮޅު ތިމާ ފެނުމުން އުފަލުން ހިނިތުންވެލާ ދުވެފައި އައިސް ބައްދާލާ ހަދައެވެ. އެއާއެކު، ކުރިން އެހުރި ހުރިހާ ކަމެއް ބަދަލުކޮށްލައެވެ. ތިމާއަށް ހިތްހަމަޖެހުމާ ފިނިކަން ގެނެސްދެއެވެ.

އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަކީ ހުރިހާ ހެޔޮ ކަމެއްގައިވެސް އެންމެ ފުރިހަމަ ނަމޫނާއެވެ. އެކަލޭގެފާނުގެ ޞަހާބީއެއް ކަމުގައިވާ މާތް ﷲ ރުއްސުންލެއްވި ޖަރީރު ވިދާޅުވިއެވެ.

"އަހުރެން އިސްލާމްވި ދުވަހުން ފަށައިގެން، ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްއާ ބައްދަލުވާ ކޮންމެ ވަގުތަކު އެކަލޭގެފާނު ހިނިވަރުނަ ނުކުރައްވަވާ ހުންނެވި ތަނެއް ނުދެކެމެވެ."

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355