twitterviber whatsapp telegramfacebookyoutube instagram
21st August 2026

ރޯދަ މަހު ސަރުކާރު ރަސްމީ ގަޑިއަކީ 9 ން 1އަށް

Mar 14, 2023

މިއަހަރުވެސް ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ސަރުކާރުގެ ރަސްމީ މަސައްކަތް ކުރަނީ މިދިޔަ އަހަރެކޭ އެއްގޮތަށް ހެނދުނު 9:00 އިން މެންދުރު 1:00އަށް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00ން މެންދުރުފަހު 1:00ށް ކަމަށެވެ.

އަދި އެ ދުވަސްތަކުގައި މި ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައީސް އޮފީހުން އެދިފައިވެއެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ގުޅިގެން ސަރުކާރާއި އަމިއްލަ އޮފީސްތަކާއި ވިޔަފާރިތަކުގެ ވެސް މަސައްކަތު ވަގުތަށް ބަދަލު ގެނެ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަސް ފެށޭނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355