twitterviber whatsapp telegramfacebookyoutube instagram
17th April 2025

ބީއެމްއެލުން އިނގުރައިދޫގައި ސެލްފް ސާވިސް ބޭންކިން ހިދުމަތް ފަށައިފި

ނަބީލާ އިސްމާޢީލް
Mar 15, 2023

ރ. އިނގުރައިދޫގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް އިއްޔެ ފަށައިފި އެވެ.

އެ އޭޓީއެމް މެދުވެރިކޮށް އާއްމުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގޭނެ އެވެ. އަދި ފައިސާ ޖަމާކޮށް، ބިލަށް ފައިސާ ދައްކާ، ފައިސާ ޓްރާންސްފާ ވެސް ކުރެވޭނެ އެވެ.

އަލަށް ހުޅުވި އޭޓީއެމްގެ އިތުރުން ރ އަތޮޅުގައި އުނގޫފާރާއި މީދު އާއި އަލިފުށި، ދުވާފަރު އަދި އިނގުރައިދޫގައި ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކުން އަންނަނީ ހިދުމަތް ދެމުންނެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި ރ އަތޮޅުގައި ބްރާންޗެއް ނުވަތަ އޭޓީއެމް ނެތް، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހިދުމަތްތައް ދޭ ބޭންކުގެ އެޖެންޓެއް ހުންނާނެ އެވެ.

ބީއެމްއެލްއިން 20 އަތޮޅެއްގައި 35 ބްރާންޗު އަދި 85 ސެލްފްސަވިސް ބޭންކިން ސެންޓަރާއި، 141 އޭޓީއެމް އާއި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން އަންނަނީ ބެންކުގެ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355