twitterviber whatsapp telegramfacebookyoutube instagram
21st September 2026

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ހަަތަރު މީހަކަށް އަނިޔާވެއްޖެ

އަބްދުލް ވާހިދު ޙަސަން
Mar 15, 2023

ތިން ސައިކަލު ޖެހި ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. ބަންޑާރަމަގުގެ ސަތޭކަ ފިހާރައާ ދިމާލުގައި ހިނގި މި ނުރައްކާތެރި އެކްސިޑެންޓްގައި ހަތަރު މީހަކަށް އަނިޔާވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

މި އެކްސިޑެންޓްގައި އަނިޔާވި ހަތަރު މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ދެ މަފިރިޔަކުވެސް ހިމެނެ އެވެ. އެއީ 66 އަހަރުގެ ދެ މީހުންނެވެ. އަނެއް ދެ ސައިކަލުގައި ތިބީ 19 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެކެވެ.

11:15 ގައި މި ހަތަރު މީހުންވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އަންނަނީ ފަރުވާދެމުންނެވެ. އެކަމުގެ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

މީގެ އިތުރުން އެކްސިޑެންޓްވި މަންޒަރު ފެނިގެން ހެޔަށް ގޮތްވި 30 އަހަރުގެ އަންހެނަކަށްވެސް ކޭއާރުއެޗުގައި އަންނަނީ ފަރުވާދެމުންވެ. ވީޑިއޯތަކުން ފެންނަގޮތުގައި އެކްސިޑެންޓްވި ސައިކަލުތައް ވަރަށް ދުރަށް ވިއްސައިގެންގޮސްފައިވާ މަންޒަރު ފެނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293