twitterviber whatsapp telegramfacebookyoutube instagram
22nd November 2024

އެންމެ މޮޅު އެތުލީޓުންނަށް ދީމާއާއި އަޒުނީން

Mar 18, 2023

ސްޕޯޓްސް އެވޯޑްސް 2023ގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް އަޒްނީން ރަޝާދު ހޮވުނުއިރު އެންމެ މޮޅު އަންހެން އެތުލީޓަކަށް ފާތިމަތު ދީމާ އަލީ ހޮވިއްޖެއެވެ.

ރޭ މާލޭ ޓްރެކްގައި ބޭއްވި ސްޕޯޓްސް އެވޯޑްސްގައި އަޒްނީން ރަޝާދު އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރަން މެޑަލް ހޯދައި، ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރަން މެޑަލް ހޯދުމުންނެވެ.

އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި ދީމާ ވަނީ އޯލް ތައިލެންޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރަން މެޑަލަކާއި ތިން ލޯ މެޑަލް ހޯދައިފައެވެ.

ޔޫތް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި މި އެ ވޯޑުގެ އެންމެ ޝަރަފުވެރި އެވޯޑްތައް ލިބުނު ފަރާތްތަކަށް އެވޯޑު ހަވާލުކޮށް ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

އެގޮތުން ރޭ މާލޭ ކުޅިވަރު އެކުވެނި ސިންތެޓިލް ޓްރެކްގައި ބޭއްވި މިއެވޯޑް ޙަފްލާގައި، "ލައިފްޓައިމް އެޗީވްމެންޓް އެވޯޑް" ލިބިލެއްވި، 5 ބޭފުޅުންގެ އެވޯޑާއި، "ސްޕޯޓްސް އައިކަން އެވޯޑް" ލިބިލެއްވި 8 ބޭފުޅުންނަށާއި، "ސްޕެޝަލް ރިކޮގްނިޝަން އެވޯޑް" ލިބިލެއްވި، 16 ބޭފުޅުންނަށް، އަދި ސްޕޯޓްސްމަން އޮފް ދަ އިއަރ އެވޯޑާއި ސްޕޯޓްސް ވުމަން އޮފް ދަ އިއަރގެ އެވޯޑް ޙަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މިހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން މިހަފްލާގައި، ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަޙްލޫފާއި، ދައުލަތުގެ ވަޒީރުންނާއި، ނައިޖީރިއާގެ ކުޅިވަރާ ބެހޭ ވަޒީރު ސަންޑޭ އަކިން ޑާރޭ އަދި އެކި ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާއި އެތުލީޓުންނާއި، ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނާއި އެތުލީޓުންނާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިން ބައިވެރިވިއެވެ.

ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ލިބުނު ފަރާތްތައް

  • އަލްމަރްހޫމް ސަމަރު ބުލޫ އިބްރާހީމް މަނިކު
  • އަލްމަރްހޫމް އަހްމަދު ރިޒާ (ތަރަބޫޒް ރިޒާ)
  • އަލްމަރްހޫމް އަހްމަދު މަނިކު (ލޯޖެހި އަހްމަދު މަނިކު)
  • އަހްމަދު ވަހީދު (ކްއީން ވަޙީދު)
  • މައްލާ ޅަތުއްތު

ރޭ ސްޕޯޓްސް އެވޯޑްގައި ވަނީ ވަކިވަކި ކުޅިވަރު އެސޯސިއޭޝަންތަކުގެ އެންމެ މޮޅު އެތުލީޓުން ހޮވައިފައެވެ.

އެގޮތުން:-

އެންމެ މޮޅު ރާޒުވާ ކުޅުންތެރިޔާ (އަންހެން) - ނާހިޔާ އަހުމަދު އެންމެ މޮޅު ރާޒުވާ ކުޅުންތެރިޔާ (ފިރިހެން) - މުހައްމަދު ޝުއާއު އެންމެ މޮޅު ޕޫލު ބިލިއާޑް ކުޅުންތެރިޔާ (އަންހެން) - އާމިނަތު ފަތީ އެންމެ މޮޅު ޕޫލު ބިލިއާޑް ކުޅުންތެރިޔާ (ފިރިހެން) - މުހައްމަދު ޝަރީފްް އެންމެ މޮޅު ކެރަމް ކުޅުންތެރިޔާ (އަންހެން) - އާމިނަތު ވިދާދު އެންމެ މޮޅު ކެރަމް ކުޅުންތެރިޔާ (ފިރިހެން) - އިސްމާއިލް އަޒްމީން އެންމެ މޮޅު ބާސްކެޓު ކުޅުންތެރިޔާ (އަންހެން) - އާމިނަތު އިސްރާއު އެންމެ މޮޅު ބާސްކެޓު ކުޅުންތެރުޔާ (ފިރިހެން) - އަބްދުﷲ އަމްޒަރު އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިޔާ (އަންހެން) - މަރިޔަމް ޝިނާތު އެންމެ މޮޅު ފެތުންތެރިޔާ (އަންހެން) - އާމިނަތު ސައުސަން އެންމެ މޮޅު ފެތުންތެރިޔާ (ފިރިހެން) - މުހައްމަދު އާން ހުސައިން އެންމެ މޮޅު ރާޅާއެޅުންތެރިޔާ (އަންހެން) - މަރިޔަމް ރާހިލް ނަސީމް އެންމެ މޮޅު ރާޅާއެޅުންތެރިޔާ (ފިރިހެން) - މުހައްމަދު އަގީލް އެންމެ މޮޅު ބޮޑީބޯޑާ (ފިރިހެން) - އަލީ ހުޝްރުވާން އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ (އަންހެން) - އާރާ އާސާލް އާޒިމް އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ (ފިރިހެން) - އަބްދުﷲ ފާއިހް ފަޒީލް އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާ (އަންހެން) - ފާތިމަތު ދީމާ އަލީ އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާ (ފިރިހެން) - މޫސާ މުސައްނިފް އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިޔާ (އަންހެން) - ފާތިމަތު ނަބާހާ އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިޔާ (ފިރިހެން) - ނިބާލް އަހުމަދު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ (ފިރިހެން) - އަދަމް ނާސިފް އެންމެ މޮޅު ވޮލީ ކުޅުންތެރިޔާ (އަންހެން) - އައިޝަތު މާޖިދާ އެންމެ މޮޅު ވޮލީ ކުޅުންތެރިޔާ (ފިރިހެން) - އަލީ ހުޒާމް އެންމެ މޮޅު ހޭންޑްބޯޅަ ކުޅުންތެރިޔާ (އަންހެން) - ޒުލައިހާ އިބްރާހިމް އެންމެ މޮޅު ހޭންޑްބޯޅަ ކުޅުންތެރިޔާ (ފިރިހެން) މުހައްމަދު ފިރިނަސް

މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ރާއްޖޭގައި ބޭއްވޭ ކުޅިވަރުގެ ދާއިރާގެ އެންމެ ބޮޑު އެވޯޑް ހަފްލާ އެވެ. މޯލްޑިވްސް ސްޕޯޓްސް އެވޯޑް ތައާރަފްކޮށް ފުރަތަމަ އެވޯޑް ހަފްލާ ބާއްވާފައިވަނީ މިދިޔަ އަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355