twitterviber whatsapp telegramfacebookyoutube instagram
29th March 2026

އަލް ފައެހާއާ އެއްވަރުވެ އަލް ނަސްރު ސައުދީ ލީގުގެ ދެވަނައަށް ވެއްޓިއްޖެ

މުޙައްމަދު އަހުމަދު
Apr 10, 2023

ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަން ކަމުގެ ދަށުން ކުޅެމުން އަންނަ އަލް ނަސްރުން އަލް ފައެހާއާ އެއްވަރުވެ ލީގުގެ ދެވަނަ ވެއްޓިއްޖެ އެވެ.

ރޭ 0 - 0 ން އަލް ނަސްރާއި އަލް ފައެހާ އެއްވަރުވުމުގެ ފައިދާ ނަގައި އަލް އިއްތިހާދުން ވަނީ ލީގުގެ އެއްވަނައަށް ޖެހިލާފަ އެވެ. ރޭ އިއްތިހާދުން ވަނީ އަލް ވަހުދު 2 - 1 ން ބަލިކޮށްފަ އެވެ.

ރޭގެ މެޗުތަކަށްފަހު ސައުދީ ޕްރޮފެޝަނަލް ލީގުގެ އެއްވަނައިގައި މިވަގުތު 23 މެޗުން 56 ޕޮއިންޓް ހޯދައިގެން އޮތީ އަލް އިއްތިހާދެވެ. ދެވަނައިގައި އޮތް އަލް ނަސްރަށް 23 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ.

ރޭގެ މެޗުގައި އަލް ނަސްރާއި ދެކޮޅަށް އަލް ފައެހާގެ ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކިއިރު އަލް ނަސްރުގެ އެޓޭކިން ހުއްޓުވުމަށް ފައެހާގެ ޑިފެންޑަރުން ވަނީ މޮޅު ކުޅުމެއް ދައްކާ އަލް ނަސްރުގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް ބްލޮކްކޮށްފަ އެވެ.

ރޮނާލްޑޯ ބޭނުންވާވަރަށް ނުކުޅެވުމާއި ބޯޅަ ނުލިބޭތީ އަދި ފައެހާގެ ކުޅުންތެރިން ވަގުތު ބޭކާރު ކުރުމަށް ގިނަ ކަންތައްތަކެއް ކޮށްފައިވާތީ އެކަމާ ރޮނާލްޑޯ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ޖެނުއަރީމަހު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އަލް ނަސްރަށް ބަދަލުވި ރޮނާލްޑޯ ވަނީ އެޓީމަށް 12 މެޗު 11 ގޯލު ޖަހައިދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355