2021 - 2022 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުން ގައުމީ ގަދަ ދިހައެއްގައި ޖަލާލުއްދީން ސްކޫލުގެ 13 ދަރިވަރަކު ހިމެނިއްޖެ އެވެ.
މަތީ އަރުތަވެރީންގެ އިނާމު ދިނުމަށް މިދިޔަ ހަފުތާ ބަންދުގައި މާލޭގައި ބޭއްވި ރަސްމިއްޔާތުގައި ހާއްސަ ވަނަތަކަށް ދިޔަ ދަރިވަރުންނަށް ވަނީ އިނާމު ހަވާލުކޮށްފަ އެވެ.
ޖަލާލުއްދީން ސްކޫލުން ބުނީ، މިއަހަރު ޖަލާލުއްދީން ސްކޫލުގެ 13 ދަރިވަރަކު "މަތީ އަރުތަވެރީންގެ އިނާމް" ހާސިލުކޮށްފައިވާއިރު އެއީ އެ ސްކޫލުގެ ތާރީހީ ރެކޯޑެއް ކަމަށެވެ.
އަދި 8 އޭސްޓާ ހޯދައިގެން މުޅި ރާއްޖެއިން ން 18 ދަރިވަރުން ފަހުރުވެރި 1 ވަނާގައި ހިމެނުނުއިރު އޭގެ ތެރޭގައި އެ ސްކޫލުގެ ދެ ދަރިވަރަކު ހިމެނުނު ކަމަށެވެ. އެ ދެ ދަރިވަރުންނަކީ އަހުމަދު ޔާސީން އިބުރާހިމާއި މަރްޔަމް މަނާލު މަމްދޫހެވެ.
މި ދެ ދަރިވަރުންގެ ތެރެއިން އަހުމަދު ޔާސީން އިބްރާހީމް ކޮމްޕިއުޓަރު ސައިންސް އިން އަދި މަރްޔަމް މަނާލް މަމްދޫހް މެރިން ސައިންސް އިން މުޅި ރާއްޖެއިން 1 ވަނަ ހޯދާފައިވާކަން އެ ސްކޫލުން ފަހުރުވެރިކަމާއެކު ފާހަގަކުރެ އެވެ.
މި ދަރިވަރުން ހޯދާފައިވާ ކާމިޔާބީތަކަށްޓަކައި އެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަދި މުދައްރިސުންނަށް އެ ސްކޫލުން ޝުކުރާއި ތަހުނިޔާ ކިޔާފައިވެ އެވެ.