twitterviber whatsapp telegramfacebookyoutube instagram
25th April 2024

މެންބަރުން ހަމަނުވާތީ އެމްއާރުއެމް އުވާލަން ނިންމައިފި

ނަބީލާ އިސްމާޢީލް
May 24, 2023

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އުވާލަން އިލެކްޝަން ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.

އެމްއާރްއެމް އުވާލަން ކޮމިޝަނުން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާތީ އެ އަދަދު ހަމަކުރުމަށް ދެ ފަހަރު ނޯޓިސް ދިނުމުންވެސް ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށް ކޮމިޝަނަށް ހުށަހަޅާފައި ނުވާތީ އެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެމްއާރްއެމްގައި މިވަގުތު ތިބީ 2981 މެމްބަރުންނެވެ. ސިޔާސީ ޕާޓީއެއް ނަމަ 3،000 މެންބަރުން ތިބެންޖެހޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެ އެވެ. އެ އަދަދު ހަމަނުވާ ޕާޓީތަކުން ވަކި މުއްދަތެއްގެ ތެރޭގައި އަދަދު ހަމަކުރަން އަންގާ ނޯޓިސް ދިނުމަކީ އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭނެ ކަމެއް ކަމަށްވެސް ގާނޫނުގައިވެ އެވެ.

އެ ޕާޓީ އުވާލަން ނިންމާފައިވާއިރު، އެ ޕާޓީގެ އިސްކޮށް ތިއްބެވި 11 މެންބަރަކު ވަނީ މި ފަހުން އިސްތިއުފާ ދީފަ އެވެ.

އެމްއާރްއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދިނީ 2019 ވަނަ އަހަރު ނޮވެމްބަރު 20 ގައެވެ.

އިލެކްޝަންސް ކޮމިޝަނުން އެމްއާރްއެމް އުވާލުމަށް ނިންމިއިރު އެ ޕާޓީއަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީ އެކެވެ. އަދި ވަޒީރުންގެ މަޖިލީހާއި ސަރުކާރުގެ އިސް މަގާމުތަކުގައިވެސް އެމްއާރްއެމްގެ ބޭފުޅުން އެބަތިއްބެވި އެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ އިބްރާހީމް ހަސަނާއި ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން އަކީ އެމްއާރްއެމްގެ ސްލޮޓްތަކުގައި ވަޒީރުކަން ކުރައްވާ ބޭފުޅުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355