twitterviber whatsapp telegramfacebookyoutube instagram
26th April 2024

ގައުމީ ގަދަ ދިހެއްގައި އަފީފުއްދީން ސްކޫލުގެ 16 ދަރިވަރަކު، އެންމެ މޮޅު ދަރިވަރަކަށް ހަނާން

އަބްދުލް ވާހިދު ޙަސަން
Jun 2, 2023

ކުޅުދުއްފުށީ، އަފީފުއްދީން ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު އައިޝަތު ހަނާން އިލްޔާސް ހޯދައިފި އެވެ. ރޭ ބޭއްވި އިނާމު ދިނުމުގެ ހާއްސަ ރަސްމިއްޔާތުގައި ހަނާންގެ އިތުރުން ޝަރަފުވެރި މަގާމުތައް ހޯދި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދީފައިވެ އެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖާހިދެވެ. މީީގެ އިތުރުން މިރަސްމިއްޔާތުގައި ކުޅުދުއްފުށީ މޭޔަރާއި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި ގިނަ އަދަދެއްގެ ބެލެނިވެރިންނާއި ދަރިވަރުން ބައިވެރިވެލެއްވި އެވެ.

ހަނާން ހޯދި ކާމިޔާބީތަކަށް ބަލާއިރު އޭނާ ވަނީ ސްކޫލުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދުމުގެ އިތުރުން ސާނަވީ އިމްތިހާނުތަކުން ރާއްޖޭއިން ދެވަނަ ހޯދާފަ އެވެ. އެ ސްކޫލުގެ 16 ދަރިވަރަކު ވަނީ ގައުމީ ގަދަ ދިހައެއްގައި ހިމެނި ރަންވަނަ ސްކޫލަށް ހޯދައިދީފަ އެވެ.

އޭގެ ތެރޭގައި ތިންވަނައިގައި ތިން ދަރިވަރަކު، ހަތަރު ވަނައިގައި ތިން ދަރިވަރަކު، ފަސްވަނައިގައި 1 ދަރިވަރަކު އަދި 7 ވަނައިގައި ތިން ދަރިވަރަކު ހިމެނުނުއިރު ނުވަ ވަނައިގައިވެސް ތިން ދަރިވަރަކު ހިމެނުނެވެ. މީގެ އިތުރުން ދިހަ ވަނައިގައި ދެ ދަރިވަރުން ހިމެނުނެވެ.

ބިޒްނަސް، އެކޮނޮމިކްސް، ފިޒިކްސް އަދި އެކައުންޓުން ސަތޭކަ އިންސަތަ ދަރިވަރުން ފާސްވިއިރު ކެމިސްޓްރީ ކޮމްޕިއުޓަރ، އެކޮނޮމިކްސް، ހިސާބާއި އިނގިރޭސި އަދި އިސްލާމުން ވަނީ ކުރިއެރުން ހޯދާފަ އެވެ. އެ ސްކޫލުގެ ތިން މާއްދާ ސަތޭކަ އިންސަތަ ދަރިވަރުން ފާސްވިއިރު ފަސް މާއްދާއިން 82.82 އިންސަތަ ދަރިވަރުން ފާސްވި އެވެ.

އޯލެވެލް ނަތީޖާގައި 75 އޭ ސްޓަރ ހޯދިއިރު 85 އޭ، އަފީފުއްދީން ދަރިވަރުން ހޯދި އެވެ. މިއީ އެ ސްކޫލުގެ ތާރީހުގައި މިހާ ބޮޑު ކާމިޔާބީއެއް ހޯދި އަހަރެވެ. އެ ސްކޫލުގެ 12 ދަރިވަރަކު ބީޓެކް ހެދި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355