twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ވެލިގާ ފެންޓަސީ ލީގުގެ ވަނަތައް ހޮވައި، އިނާމު ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Jun 15, 2023

މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގާއި ގުޅިގެން ކުރިއަށްގެންދިޔަ ވެލިގާ ފެންޓަސީ ލީގުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ފެންޓަސީ ލީގު، (އެފްޕީއެލް) އަކީ މުޅި ދުނިޔޭގެ ނިސްބަތުން ބެލިޔަސް ވަރަށް ފޯރީގައި ކުރިއަށްދާ މަގުބޫލު ގޭމެކެވެ. ކޮންމެ މީހަކަށް ވެސް ވަކިން ޓީމެއް ހަދާލައިގެން ޕްރައިވެޓް ލީގުތަކެއްގައި ވާދަކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ގޭމެކެވެ.

ވެލިގާއިން ލީގު ކުރިއަށްގެންދިޔައީ ދިވެހިންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ. ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި ލީގުގައި 10,000 އަށްވުރެ ގިނަ މީހުން ވާދަކުރި އެވެ.

ލީގުގެ ވަނަވަނައަށް އައި ބައިވެރިންނަށް އިނާމު ދިނުމަށް ހާއްސަ އިވެންޓެއް ވެލިގާއިން ވަނީ ކުރިއަށްގެންގޮސްފަ އެވެ. މުޅި ލީގުން އެއްވަނައަށް ދިޔަ އަހްމަދު ހުސައިންއަށް ހަވާލުކޮށްފައި ވަނީ 50,000 ރުފިޔާގެ ވައުޗަރެކެވެ. އޭގެ އިތުރުން, ގަދަ 10 މެނޭޖަރުންނަށް ވަނީ 2,000ރުފިޔާގެ ވައުޗަރެއް ހަވާލުކޮށްފަ އެވެ.

ލީގުގެ ވަނަވަނައަށް ދިޔަ މެނޭޖަރުންގެ އިތުރުން ކޮންމެ މަހެއްގައި ވެސް އެންމެ ގިނަ ޕޮއިންޓު ހޯދި މެނޭޖަރުންނަށް ވެސް ވަނީ 3,000 ރުފިޔާގެ ވައުޗަރެއް ހަވާލުކޮށްފަ އެވެ.

މި ވައުޗަރުތައް ބޭނުންކޮށްގެން ވެލިގާ އަދި ބްލަންކްގެ ފިހާރަތަކުން ވިޔަފާރި ކުރެވޭނެ ކަމަށް ވެލިގާ އިން ބުނެ އެވެ. މިއީ ކަސްޓަމަރުންނާ އެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ލީގެއް ކަމަށް ވެލިގާއިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355