twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ވެލިގާއިން ނިޕޯން ބްރޭންޑުގެ ކުލަ އާއި ދަވާދު

May 27, 2023

ވެލިގާ ހާޑްވެއާއިން އެސްޓީއޯއިން ރާއްޖެ އެތެރެކުރާ "ނިޕޯން" ބްރޭންޑުގެ ކުލަ އާއި ދަވާދު ވިއްކަން ފަށައިފި އެވެ. މިއީ އެސްޓީއޯ އާއި ވެލިގާއާ ދެމެދު ހެދި ހާއްސަ އެއްބަސްވުމެއްގެ ދަށުން ފެށި ކަމެކެވެ.

މި އެއްބަސްވުމުގެ ދަށުން ވެލިގާގެ ޖަނަވަރީ މަގާއި ހުޅުމާލޭގައި ހުންނަ ފިހާރައިން "ނިޕޯން" ހުރިހާ ވައްތަރެއްގެ ކުލަ އާއި ދަވާދު ތައްޔާރުކޮށްދޭނެ ކަމަށާއި އެސްޓީއޯއާއި އެއް އަގެއްގައި ވެލިގާއިންވެސް ނިޕޯން ބްރޭޑްގެ ކުލައާއި ދަވާދު ލިބޭނެ ކަމަށެވެ.

އެއްބަސްވުމާ ގުޅޭ ގޮތުން އެސްޓީއޯގެ ސްޓްރެޓީޖިކް ސޭލްސް މެނޭޖަރު އަބްދުލްމަޖީދު މުހައްމަދު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ނިޕޯން ޕެއިންޓުގެ މާކެޓު އިތުރަށް ފުޅާވާނެ ކަމަށެވެ. އަދި ވެލިގާއިން ނިޕޯންގެ ޕްރޮޑަކްޓުތައް ލިބެން ހުރުމަކީ ކަސްޓަމަރުންނަށް އޭގެ ލުއިފަސޭހަތައް ލިބޭނެ ކަމެއްގެ ގޮތުގައި ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ވެލިގާގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު، ސޭލްސް މުހައްމަދު ރަމީޒު ވިދާޅުވި ގޮތުގައި މި ޕްރޮޑަކްޓާ އެކު އެތަނުގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯ ފުރިހަމަވެއްޖެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯގެ ވަރަށް ބޮޑު ގެޕެއް މި ފިލް ވީ. މި ޕްރޮޑަކްޓާ އެކު ކޮންސްޓްރަކްޝަން ސޮއިލުޝަންސްއަށް ބޭނުންވާ ހިލަ އާއި ހިލަވެލި ފިޔަވައި ހުރިހާ ޕްރޮޑަކްޓެއް މިހާރު އަޅުގަނޑުމެންގެ އައުޓްލެޓްތަކުން ލިބޭނެ." އޭނާ ވިދާޅުވި އެވެ.

ވެލިގާގައި ވެސް "ނިޕޯން"ގެ ކުލަ އާއި ދަވާދު ވިއްކާނީ އެސްޓީއޯއިން ވިއްކާ އަގުގަ އެވެ. ވެލިގާގެ ޖަނަވަރީ މަގާއި ހުޅުމާލޭގައި ހުންނަ ފިހާރައިން "ނިޕޯން" ހުރިހާ ވައްތަރެއްގެ ކުލަ އާއި ދަވާދު ތައްޔާރުކޮށްދޭނެ އެވެ.

ވެލިގާއިން ބުނީ މި ވަގުތަށް ހަމައެކަނި ދެ ފިހާރައަކުން "ނިޕޯން"ގެ ޕްރޮޑަކްޓުތައް ވިއްކި ނަމަވެސް، ކުރިއަށް އޮތްތަނުގައި އެ ތަނުގެ ހުރިހާ އައުޓްލެޓަކަށް "ނިޕޯން" ތައާރަފްކުރާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355