twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ވެލިގާގެ ފެންޓަސީ ޕްރިމިއާ ލީގުގައި ބައިވެރިވާން ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Aug 12, 2023

ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އަގުހުރި އިނާމުތަކާއި އެކު ވެލިގާ ހާޑްވެއާ އިން ކުރިއަށް ގެންދާ ފުޓުބޯޅަ މުބާރާތް، ފެންޓަސީ ޕްރިމިއާ ލީގުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ވެލިގާއިން ބުނި ގޮތުގައި މި ލީގުގައި ދިވެހިންނާއި އަދި ރާއްޖޭގައި މަސައްކަތްކުރައްވާ ބިދޭސީ މަސައްކަތްތެރިންނަށްވެސް ބައިވެރިވެވޭނެ އެވެ.

އެ ލީގުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ލީގުގެ ކޯޑު (kk289g) ބޭނުންކޮށްގެން ބައިވެރިވެވޭނެ އެވެ. އަދި ލީގުގެ އޮޓޯ ލިންކް https://fantasy.premierleague.com/leagues/auto-join/kk289g ބޭނުންކޮށްގެން ވެސް ބައިވެރިވެވޭނެ އެވެ.

ލީގުގެ ވަނަތަކަށް ވެލިގާއިން ދޭ އަގުހުރި އިނާމުތައް:

  • ކޮންމެ މަހަކުވެސް އެއްވަނައަށް ހޮވޭ މެނޭޖަރަކަށް 2,500 ރުފިޔާގެ ގިފްޓް ވައުޗަރެއް.
  • މުޅި މުބާރާތުން އެއްވަނަ ފަރާތަކަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް.
  • އަދި އިތުރު 10 ފަރާތަކަށް 2,500 ރުފިޔާ ގިފްޓް ވައުޗަރެއް.

ނިމިގެން ދިޔަ ފުޓުބޯޅަ ސީޒަނަށް ވެލިގާއިން ކުރިއަށް ގެންދިޔަ އެފްޕީއެލް 2022/23 އަށް ރާއްޖޭގެ އެފްޕީއެލް ކޮމިއުނިޓީގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަމަށް ވެލިގާއިން ބުނެ އެވެ. އެގޮތުން 12،000 އަށް ވުރެ ގިނަ ބައިވެރިން އެ ލީގުގައި ބައިވެރިވިކަމަށް ވެލިގާއިން މައުލޫމާތުދެ އެވެ.

ވެލިގާ ފެންޓަސީ ލީގުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އަންނަ ސެޕްޓެމްބަރު 30، ގެ ނިޔަލަށް ލީގުގައި އެ ފުރުސަތު އޮންނާނެ އެވެ.

އެފަދަ ލީގެއް ކުރިއަށް ގެންދިޔުމުގެ މަގުސަދަކީ ވެލިގާގެ ކަސްޓަމަރުންގެ މެދުގައި މަގުބޫލު މުބާރާތަކަށް ވުމާއެކު ކަސްޓަމަރުންނާއި އޮން ގުޅުން އިތުރަށް އާލާކޮށް ހަރުދަނާކުރުން ކަމަށް ވެލިގާއިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355