twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޔާސިރާއި މޭޔަރު އާތިފް އުނބަށް ޖަހައިފި

އަބްދުލް ވާހިދު ޙަސަން
Aug 15, 2023
10

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދި ޑިމްކޮރެޓްސްއަށް ގުޅިވަޑައިގެންނެވިތާ ތިންމަސް ނުވަނީސް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފާއި މޭޔަރު މުހައްމަދު އާތިފް އެ ޕާޓީ ދޫކުރައްވާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވައިފި އެވެ.

ޔާސިރާއި އާތިފްގެ އިތުރުން ޑެޕިއުޓީ މޭޔަރު އަލީ އަހުމަދާއި ކައުންސިލް މެމްބަރުން ރިލްވާން މުހައްމަދާއި މެމްބަރު އައިމިނަތު މަޖީދާ އަދި މެމްބަރު އަހުމަދު އަބުދުﷲ ވަނީ އެމްޑީޕީއަށް އަލުން ގުޅިވަޑައިގަންނަވާފަ އެވެ.

ޔާސިރާއި އާތިފް އަލުން އެމްޑީޕީއަށް ސޮއި ކުރެއްވުމަށް ސޯލްޓް ކެފޭގައި މިރޭ ބޭއްވި ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ޔާސިރު ތާއީދު ކުރެއްވީ މަޖިލިސް ރައީސް ނަޝީދަށެވެ. އޭގެ ފަހުން ޕާޓީ ތެރެއިން އުފެއްދި "ފިކުރެއްގެ ދިރުން" ހަރަކާތް ސިޔާސީ ޕާޓީއަކަށް ބަދަލުކޮށް ހިންގި ހަރަކާތްތަކުގައި އުޅުއްވި އެވެ. އެކަމަކު ރިޔާސީ އިންތިހާބުގެ މަސައްކަތްތައް ޑިމޮކްރެޓްސް އިން ފެށި ހިސާބުން ބައްދަލުވުންތަކުން ޔާސިރެއް ނުފެނެ އެވެ.

ޔާސިރު ކުރިން އެމްޑީޕީ ދޫކުރެއްވީ ކުޅުދުއްފުށީގެ މަޝްރޫއުތަކުގެ ސްޕީޑް ލަސްކަމުންނެވެ. އަދި ބަޖެޓްގައި ހިމެނި ގިނަ މަޝްރޫއުތައްވެސް ކުރިއަށް ނުދާތީ އެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގައި ހުންނެވުމަށްފަހު އެ ޕާޓީން ވަކިވެ، ދަ ޑިމޮކްރެކްޓްސްއާ ގުޅިވަޑައިގަތުމަށްފަހު މޭޔަރުވެސް ވިދާޅުވީ، ސަރުކާރުގެ މާބޮޑު ސަމާލުކަމެއް ކުޅުދުއްފުއްޓަކަށް ނެތް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355