twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ބީއެމްއެލް އިން މުވައްޒަފުންގެ އަގުވަޒަންކޮށްފި

ނަބީލާ އިސްމާޢީލް
Aug 27, 2023

ބީއެމްއެލްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެ މުވައްޒަފުންނަށް އެވޯޑް ދީފި އެވެ.

ބީއެމްއެލް އިން ރޭ ބޭއްވި ހަފުލާގައި އެވޯޑް ހަވާލުކޮށް ދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަގެ އިތުރުން ބޯޑު ޑިރެކްޓަރުންނާއި ބޭންކުގެ އެގްޒެކްޓިވް މެނޭޖްމަންޓުގެ މެންބަރުންނެވެ.

އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑް ހޯދީ ހެޑް އޮފް ކަސްޓަމާ ޕޭމަންޓްސް އެންޑް ސެޓަލްމަންޓް ހުޒާތު އަލީ އެވެ.

ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭޑިން އެޗީވްމަންޓް އެވޯޑް ހޯދީ ހެޑް އޮފް ރީޓެއިލް ބޭންކިން އެންޑް ކާޑްސް ބަދުރުއްދީން ހަސަން އެވެ.

ބެސްޓް ލީޑާ އެވޯޑް، ހެޑް އޮފް އޮޕަރޭޝަނަލް އެކްސެލެންސް ފާތިމަތު ހަލީމް ހޯދިއިރު ބެސްޓް މެނޭޖާ އެވޯޑް ހޯދީ ކަސްޓަމާ ސާވިސް މެނޭޖަރު މުހައްމަދު ޝާއިގު އަހުމަދެވެ.

ބީއެމްއެލް އިން ރޭ ބޭއްވި ހަފުލާގައި ވަނީ މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ޓީމުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ދާއިރާތަކުން އެވޯޑް ދީފަ އެވެ. މީގެ ތެރޭގައި ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް، ކަސްޓަމާ ސަވިސް ސްޓާ އަދި އެވޯޑް ފޯ އިނޮވޭޝަން ހިމެނެ އެވެ.

ހަފުލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަ ކާލް ސްޓުމްކަ ވަނީ ފާއިތުވި އަހަރު މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އެވޯޑް ހާސިލްކުރި ހުރިހާ މުވައްޒަފުންނަށް މަރުހަބާ ދަންނަވާފަ އެވެ.

"އަޅުގަނޑުމެންގެ ސްޓްރެޓަޖީގައި އިސްކަންދޭ ތިން އަމާޒުކަމުގައިވާ ކަސްޓަމަރުންނަށް އިންސާފުން މުއާމަލާތްކުރުމަށާއި ޑިޖިޓަލައިޒޭޝަނާއި ދެމެހެއްޓެނެވި ގޮތެއްގައި ވިޔަފާރި ހިންގުމަށް މިވަނީ ގާބިލް، މަސައްކަތަށް އިސްކަންދޭ އަދި ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހިދުމަތްދޭ މުވައްޒަފުންގެ ޓީމެއް ގާއިމްކުރެވިފަ،" ކާލް ސްޓުމްކަ ވިދާޅުވި އެވެ.

ސްޓުމްކަ ވިދާޅުވީ މުވައްޒަފުން ދެމެހެއްޓުމާއި ބޭންކަކީ މަސައްކަތްކުރަން އެންމެ ރަނގަޅު އެއްތަނަށް ހެދުމަށް އަހުމިއްޔަތުކަންދޭ ކަމަށެވެ.

ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ފަހުރުވެރި ދިވެހިންނެވެ. އަދި މީގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ރާއްޖޭގެ އެކި ރަށްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355