twitterviber whatsapp telegramfacebookyoutube instagram
22nd October 2024

އަނެއްކާވެސް އަދީބު ފަރުވާގެ މުއްދަތު އިތުރުކުރަން އެދިއްޖެ

ނަބީލާ އިސްމާޢީލް
Sep 18, 2023

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް، ސިންގަޕޫރުން ސިއްހީ ފަރުވާ ހޯދުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް އަނެއްކާވެސް ހުށަހަޅައިފި އެވެ.

އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ ޖުލައި 12 ވަނަ ދުވަހުއެވެ. އަދީބު ބޭސްފަރުވާއަށް ވަޑައިގަތުމަށް ހުއްދަދެއްވީ، ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ ވިދާޅުވެފައެވެ.

ބޭސްފަރުވާއަށް އަދީބަށް ދެއްވި 10 ދުވަހުގެ މުއްދަތު ޖުލައި 22 އަށް ހަމަވުމުން، އެ މުއްދަތު އޯގަސްޓް 28އާއި ހަމައަށް ކަރެކްޝަނަލް ސާވިސްއިން އިތުރުކޮށްދިނެވެ. އޭގެ ފަހުން އެ މުއްދަތު ހަމަވުމުން މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް މުއްދަތު އިތުރުކޮށްދިނެވެ. އަދި އެ މުއްދަތު ހަމަވެ އަނެއްކާވެސް ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި އަދީބު އެދިވަޑައިގެންފައިވާކަމަށް އެ ސާވިސްއިން ބުނެއެވެ. ނަމަވެސް މިފަހަރު އެދިވަޑައިގަތީ ކިހާ ދުވަހަކަށްކަމެއް ސާފެއް ނުވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ، ބޭސްފަރުވާގެ މުއްދަތު އިތުރުކުރުމަށް އަދީބުގެ ފަރާތުން ހުށައަޅާފައިވާ ހުށައެޅުން ރިވިއުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ރާއްޖެއިން ބޭރަށް މީގެ ކުރިން ބޭސްފަރުވާއަށް ދާ ގައިދީންނަށްވެސް ދެވޭ މުއްދަތުގައި ފަރުވާ ނުނިމިއްޖެނަމަ އިތުރު މުއްދަތު ދޭކަމަށް ކަރެކްޝަންސްއިން މީގެކުރިން ވަނީ ބުނެފަ އެވެ. އަދީބު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އެކަމަށް ދޫކުރައްވާފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމެންޓެއްގައެވެ.

އަދީބު ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް، އެމްޓީޑީން ބުނީ އަދީބު ގެންދަވަނީ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުންކަމަށެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާ، 2 މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރުއެވެ. އެހެންނަމަވެސް، އަދީބުގެ ސިއްހީ ހާލަތު ހުރި ގޮތުން، ކަރެކްޝަނަލް ސާވިސްއިން ވަނީ އޭނާ ގޭބަންދަށް ބަދަލުކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355