twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ރައީސް ނަޝީދަށް އިންސާފް ހޯދައިދޭނަން: މުއިއްޒު

ނަބީލާ އިސްމާޢީލް
Sep 19, 2023

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަންދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެމަނިކުފާނަށް މި ސަރުކާރުން އިންސާފު ހޯދައި ނުދިން ކަމަށް ތުހުމަތުކުރައްވައި، އިންސާފު ހޯދައިދޭނީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާފަންނުގެ ރައްޔިތުންނާއެކު ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުން އިންސާފު ގާއިމުކުރުމުގައި ފެއިލްވެފައިވާ ކަމަށާއި ނަމަވެސް އޭނާ ގާއިމުކުރާނީ އިންސާފަށް "ޗެމްޕިއަން"ކަން ނަގާ ސަރުކާރެއް ކަަމަށެވެ.

އަދި ރައީސް ނަޝީދަށް އަމާޒުކޮށް މާލޭގެ މެދުގައި ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް އިންސާފު ހޯދައި ނުދެވުނީ މުއިއްޒު ތުހުމަތުކުރެއްވި ގޮތުގައި ސަރުކާރުން އެކަމަށްޓަކއި ދޭންވާ ސަމާލުކަން ދީފައި ނުވާތީ އެވެ.

"އިންސާފުވެރި ސަރުކާރެއް ގާއިމުުކުރަން އަޅުގަނޑުމެން މި އަންނަނީ. އިރާދަކުރެއްވިއްޔާ އެމަނިކުފާނަށްވެސް އިންސާފު ހޯދައިދޭނީ އަޅުގަނޑުމެން ގާއިމުކުރާ ސަރުކާރެއްގައި" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރާއްޖެއަށް ހަމަޖެހުން އަންނާނީ ހަމަޖެހުމާއި އަދުލުވެރިކަމާއި އިންސާފުވެރިކަން ގާއިމްވެގެންކަން ކަމަށާއި ޝަރުއީ ދާއިރާ ފުރިހަމަ ގޮތެއްގައި މިނިވަންކޮށްގެންވެސް އޭނާގެ ސަރުކާރެއްގައި އެކަންކަން އެންމެ ފުރިހަމައަށް ތަންފީޒު ކުރައްވާނެ ކަމަށެވެ.

މޭ 6، 2021 ގައި ނަޝީދަށް ހަމަލާދިނީ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. މިއީ ރާއްޖޭގައި މިހާތަނަށް ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް ރަސްމީ އިދާރާތަކުން ބުނާއިރު، މި ބޮން ހަދާފައި ވަނީ ބާޒާރުން އާންމުކޮށް ލިބެން ހުރި ބާވަތްތައް ބޭނުންކޮށްގެންނެވެ. މި މައްސަލައިގެ ޝަރީއަތްތައް އަދިވެސް ކުރިއަށް އެބަދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355