twitterviber whatsapp telegramfacebookyoutube instagram
1st November 2026

ފަލަސްތީނަށް އޮތް ލޯބި ހާމަކުރަން މާދަމާ ކުޅުދުއްފުށީގައި ހިނގާލުމެއް ބާއްވަނީ

Oct 19, 2023

ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ލޯބި ހާމަކޮށް މާދަމާ ކުޅުދުއްފުށީގައި ހިނގާލުމެއް ބާއްވަން ހަމަޖެހިއްޖެ އެވެ.

މިކަން އިންތިޒާމުކުރާ ފަރާތުން ބުނީ، މި ހިނގާލުން ފެށޭނީ މާދަމާ ހަވީރު 16:00 ގައި ކުޅުދުއްފުށީ ސްޓޭޑިއަމް ކައިރިން ކަމަށެވެ. މި ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ ފަރާތުން އެދެ އެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުޅުދުއްފުށީގައި ހަރަކާތްތަކެއް ހިންގަމުންދާއިރު ދާދިފަހުން ވަނީ ފަންޑްފޮށިތަކެއްވެސް ބަހައްޓާފަ އެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ޓެރެރިސްޓު އަސްކަރިއްޔާއިން މެދުކެނޑުމެއް ނެތި ޣައްޒާއަށް ދެމުންދާ ހަމަލަތަކުގައި މިހާތަނަށް 3,300 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައިވާއިރު ދާދިފަހުން ވަނީ ޣައްޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ އެތަން ބިމާ ހަމަކޮށްލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293