twitterviber whatsapp telegramfacebookyoutube instagram
3rd May 2024

މަންދު ކޮލެޖްގެ ނޮވެމްބަރު/ޑިސެމްބަރު އިންޓޭކްގެ ކޯސްތަކަށް ހުޅުވާލައިފި

Oct 26, 2023

މަންދު ކޮލެޖްގެ 2023 ވަނަ އަހަރުގެ ނޮވެމްބަރު/ޑިސެމްބަރު އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ކޮލެޖުން ބުނީ މި އިންޓޭކްގައި ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތަކުން ފެށިގެން މާސްޓާސް ލެވަލްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން މި އިންޓޭކްގައި ޖުމްލަ 43 ކޯހަކަށް ވަނުމަށް ހުޅުވާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޓީޗިންގ ދާއިރާގެ ކޯސްތަކާ ބިޒްނަސް އަދި އެކައުންޓިންގެ ދާއިރާގެ ގިނަ ކޯސްތަކެއް ހިމެނޭ ކަމަށް އެކޮލެޖުން މައުލޫމާތުދެ އެވެ.

އެގޮތުން ސެޓްފިކެޓް ލެވެލް ޓީޗިންގ ކޯސްތަކުން ފެށިގެން ޑިޕްލޮމާ އިން ޗީޓިންގ، އެސޯސިއޭޓް ޑިގްރީ އިން ޗީޓިންގ އަދި ބެޗެލާސް އިން ޓީޗިންގ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިވަނީ ހުޅުވާލާފަ އެވެ. އެސޯސިއޭޓް ޑިގްރީ އިން ސްޕެޝަލް ނީޑްސް އެޑިއުކޭޝަން، މާސްޓާސް އިން ސްޕެޝަލް އެޑިއުކޭޝަން ނީޑްސް، ބެޗެލާސް އޮފް ސެކެންޑަރީ އެޑިއުކޭޝަންގެ ކޯސްތައްވެސް ހިމެނެ އެވެ.

މީގެ އިތުރުން މާސްޓާސް އިން އެޑިއުކޭޝަން ( ކޯސް ވޯކް، ސްޕެޝަލް އެޑިއުކޭޝަން ނީޑްސް، ކަރިކިއުލަމް އެންޑް އެސެސްމެންޓް، މެނޭޖްމެންޓް އެންޑް ލީޑަރޝިޕްގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ. ބިޒްނަސް މެނޭޖްމެންޓްގެ ސެޓްފިކެޓް ލެވެލްގެ ކޯސްތަކުން ފެށިގެން މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ކޯސްތަކާއި ބެޗެލާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ކޯސްތަކާއި ބެޗެލާސް އިން ބިޒްނަސް އެކައުންޓިންގ، ބެޗެލާސް އިން ބިޒްނަސް ހިއުމަން ރިސޯސް މެނޭޖްމެންޓް، ބެޗެލާސް އިން ބިޒްނަސް މާކެޓިންގ، ބެޗެލާސް އިން ބިޒްނަސް މެނޭޖްމެންޓް ކޯސްތަކަށްވެސް ހިމެނެ އެވެ.

އަދި އިންފޮމޭޝަން ޓެކްނޮލަޖީގެ ކޯސްތަކާއި، ގާނޫނީ ދާއިރާގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އެކޮލެޖްގެ ނޮވެމްބަރު/ޑިސެމްބަރު އިންޓޭކްގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް ކޮލެޖްގެ ވެބްސައިޓް މެދުވެރިކޮށް ކޯހަށް ކުރިމަތިލުމަށް އެދި ހުށަހެޅޭނެ އެވެ. އޭގެ އިތުރުން މަންދު ކޮލެޖްގެ ނަމްބަރު 9750055 އަށް ވައިބަރ މެދުވެރިކޮށްވެސް ހުށަހެޅޭނެ އެވެ.

ކޯސްތަކާ ބެހޭ އިތުރު މައުލޫމާތު 3330055 ނަމްބަރަށް ގުޅައިގެން ސާފުކޮށްލެވޭނެ އެވެ.

މަންދު ކޮލެޖަކީ ވާޗުއަލްކޮށް ހުރިހާ ކޯސްތަކެއް ކުރިއަށްގެންދާ ކޮލެޖެކެވެ. މަންދު ކޮލެޖުގައި ކިޔަވަން ބޭނުންވާ ދަރިވަރުން މާލެއަށް ދިރިއުޅުން ބަދަލުކޮށް، ކްލާސްތަކަށް ހާޒިރުވާކަށް ނުޖެހޭނެ އެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ދަރިވަރަކަށްވެސް މަންދު ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވެ މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި މަންދު ކޮލަޖުގައި ކުރިއަށްގެންދާ ހުރިހާ ކޯސްތަކަކީވެސް އެމްކިޔުއޭ އިން އެޕްރޫވް ކޮށްފައިވާ ކޯސްތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355