twitterviber whatsapp telegramfacebookyoutube instagram
27th April 2024

ދިވެހިންގެ ފަރާތުން ފަލަސްތީނުގެ 200 އާއިލާއަކަށް ފައިސާގެ އެހީ ދީފި

ނަބީލާ އިސްމާޢީލް
Nov 7, 2023

ފަލަސްތީނުގެ ރައްޔިތުންގެ 200 އާއިލާއަކަށް ދިވެހިންގެ ފަރާތުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފިއެވެ.

އޭއައިސީން ބުނީ ވަރަށް ގިނަ އާއިލާތަކުގެ އެދުމުގެ މަތިން އާއިލާތަކަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ، މިވަގުތަކީ ޣައްޒާގެ ރައްޔިތުންނަށް ވަރަށް ހިތާމެވެރި ވަގުތެއް ކަމަށާއި ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައި ދިރިއުޅެމުންދާ އެ ރައްޔިތުންނާއި އެކު ތިބިކަން ހާމަކޮށްދިނުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެކި ކަހަލަ ޒަޚަމްތައް ލިބިފައިވާ ކުޑަކުދިން ކައިރިއަށް ޒިޔާރަތްކޮށް އެކުދިންނާ ވާހަކަދައްކާ އުފާކޮށްދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އެޖަމްއިއްޔާއިން ބުނެއެވެ.

އެގޮތުން ޣައްޒާ ހޮސްޕިޓަލުގައި 700 ކުޑަކުއްޖަކަށް ޒިޔާރަތްކޮށް ކުޅޭ ސާމާނު ބަހާފައިވާ ކަމަށްވެސް އައިއޭސީން ވަނީ ބުނެފައެވެ.

ހަމައެއާއެކު 200 އާއިލާއަކަށް ނަގުދު ފައިސާ ބަހަމުންދާ ކަމަށާއި، ފައިސާ ބަހަމުންދަނީ އާއިލާއަކަށް 500 ޔޫއެސް ޑޮލަރުގެ މަގުން ކަމަށްވެސް ބުނެފައިވެއެވެ.

އައިއޭސީން ބުނީ، ފައިސާ ބަހާފައިވަނީ ދޭރް ބަހަލްގެ ހިސާބުގައި ޣައްޒާގެ ރައްޔިތުންގެ ފިހާރަތަކަށާއި، ބައެއް މާރުކޭޓުތަކަށެވެ. މި ފައިސާގެ ބޭނުން ހިފި އެރަައްޔިތުންނަށް ކޮންމެވެސް ލުޔެއް ލިބިގެންދާނެ ކަމަށްވެސް އެޖަމްއިއްޔާއިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355