twitterviber whatsapp telegramfacebookyoutube instagram
3rd May 2024

އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކަށް 10 ޕަސެންޓް އަނބުރާ ލިބޭ ޕްރޮމޯޝަނެއް

Nov 13, 2023

އެމް-ފައިސާ ބޭނުންކުރާ ކަސްޓަމަރުންނަށް، މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ ކޭޝްބެކް ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ބްލެކް ޕާލް، މީޓް ސްޓްރީޓް، ގްލޯރިއާ ޖީންސް، ޕިއްޒާ އެންޑް ޕާސްތާ މާމާ މިއާ، ހޮޓް ޑިޝް އަދި ވީއާރް ކެފޭގެ ގޭމްތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް، ބިލްގެ 10 ޕަސެންޓް އަނބުރާ ވޮލެޓަށް ވަގުތުން ޖަމާވާނެއެވެ.

އުރީދޫއިން ބުނީ މި ޕްރޮމޯޝަނަކީ އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކުގެ ލުއިފަސޭހަކަމާއި ހިތްހަމަޖެހުން އިތުރުކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ ޕްރޮމޯޝަން އެކެވެ.

އެމް-ފައިސާއަކީ ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ޓްރާންސްފާ ކުރުމާއި، ފިހާރަ، ރެސްޓޮރެންޓް އަދި ކެފޭ ފަދަ ތަންތަނަށް އިތުބަރާއެކު ފަސޭހަކަމާ އެކު ފައިސާ ދައްކާލެވޭ ޑިޖިޓަލް ވޮލެޓް އެކެވެ. މީގެ އިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ޚިދުމަތްތަކާއި މީޑިއާނެޓް ފަދަ ގިނަ ޚިދުމަތްތަކަކަށް ވެސް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ.

އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކަށް ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ މެދުވެރިކޮށް އޮންލައިންކޮށް ޑިޖިޓަލް ވޮލެޓަށް ކޭޝްއިން ކުރެވޭނެއެވެ. ހަމަ އެއާ އެކު، އެމް-ފައިސާ މެދުވެރިކޮށް ކެންސާ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިނގެ ހިޔާ، ފިޔަވަތި، މޮމްސް އެންޖީއޯ އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ފަދަ ޖަމިއްޔާތަކަށް އެހީ ފޯރުކޮށްދެވޭނެއެވެ.

އެމް-ފައިސާއަށް އުރީދޫ އެޕް މެދުވެރިކޮށް ރެޖިސްޓާ ވެވޭނެއެވެ.

1. އުރީދޫ އެޕް ޑައުންލޯޑް ކުރައްވާ: http://ore.do/app

2. އެމް-ފައިސާ ހިޔާރުކޮށް ރަޖިސްޓްރޭޝަން އަށް ފިތާލައްވާ

3. އެކައުންޓް އެކްޓިވޭޓް ކުރުމަށް ބޭނުންވާ ތަފްސީލްތައް ފުރުމަށްފަހު ފޯނަށް ލިބޭ އޯޓީޕީ ޖައްސަވާ

4. މޮބައިލް ނަންބަރު ޖެއްސެވުމަށް ފަހު ހަތަރު ޑިޖިޓްގެ ޕިންއެއް ސެޓް ކުރައްވާ

5. މޮބައިލް ނަމްބަރާއި ހަތަރު ޑިޖިޓްގެ ޕިން ޖައްސަވާ

6. ފޯނަށް ލިބޭ އޯޓީޕީ ޖެއްސެވުމަށް ފަހު ރަޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ

އެމް-ފައިސާގެ ފަސޭހަކަމާއި ޚާއްޞަ އޮފާތަކުގެ ބޭނުން ހިފުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް މި ހިދުމަތް ބޭނުން ކުރެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355