twitterviber whatsapp telegramfacebookyoutube instagram
5th October 2026

ވަރި ކައިވެނި ފޯމު އޮންލައިންކޮށް ހުށަހެޅޭ ޕޯޓަލެއް

Nov 16, 2023

ކައިވެންޏާ ގުޅުންހުރި ފޯމުތައް އޮންލައިންކޮށް ހުށަހެޅޭނެ ގޮތަށް ފަރުމާކޮށްފައިވާ "ކައިވެނި ޕޯޓަލް" ޑިޕާޓްމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ލޯންޗުކޮށްފި އެވެ.

ޑީޖޭއޭ އިން ބުނީ މި ޕޯޓަލް މެދުވެރިކޮށް ކައިވެންޏާއި ގުޅުންހުރި ފޯމުތައް އަދި ހުށަހެޅޭނީ ހަމައެކަނި މެޖިސްޓްރޭޓް ކޯޓުތަކަށް ކަމަށެވެ. އިއްޔެ ލޯންޗުކޮށްފައި ވަނީ މި ޕޯޓަލުގެ ފުރަތަމަ ފިޔަވައްސެވެ. ކައިވެންޏާ ގުޅުންހުރި 60 ޕަސެންޓު ފޯމު ހުށަހަޅަނީ މެޖިސްޓްރޭޓް ކޯޓުތަކަށެވެ.

ނަމަވެސް ކުރިއަށް އޮތް ތަނުގައި ފެމިލީ ކޯޓަށް ވެސް މި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށާއި މާލޭގައި ދިރިއުޅޭ މީހުންނާއި، މާލެ ކައިރީ ރިސޯޓުތައް އަދި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށުގައި އުޅޭ މީހުންގެ ވަރި ކައިވެނީގެ މައްސަަލަތައް ހުށަހަޅަނީ ފެމިލީ ކޯޓަށެވެ.

މި ޕޯޓަލަކީ ޔޫއެންޑީޕީއާ ގުޅިގެން ބްރިޓިޝް ހައި ކޮމިޝަނުގެ އެހީގައި ޑީޖޭއޭއިން ތަރައްގީކުރި ޕޯޓަލެކެވެ. ޕޯޓަލް އުފެއްދުމުގެ މަގްސަދަކީ ކޯޓުތަކުން ދޭ ހިދުމަތްތަކާއި އެ ހިދުމަތްތައް ހޯދާ މީހުންނަށް ލުއިފަސޭހަކުރުން ކަމަށް ޑީޖޭއޭ އިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293