twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަކާއެކު ހިލޭ ރައުޓަރު

Nov 19, 2023

ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނެއް ނަންގަވައިގެން ހިލޭ ކަނެކްޝަން އަދި ހިލޭ ރައުޓަަރު ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

ދިރާގުން ނެރުނު ބަޔާނެއްގައި ވަނީ ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ކަނެކްޝަން އަދި ހިލޭ ރައުޓާ ލިބޭ ލިމިޓެޑް ޓައިމް ޕްރޮމޯޝަނެއް ދިރާގުން ލޯންޗުކޮށްފައިވާ ކަމަށެވެ.

މި ޕްރޮމޯޝަނާއެކު އަންނަ އަންގާރަ ދުވަހުގެ ކުރިން ފައިބާ ބްރޯޑްބޭންޑްގެ ކޮންމެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ރެސިޑެންޝަލް ކަސްޓަމަރުންނަށް މި ހާއްސަ ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

މިއީ އެއްވެސް ސެޓްއަޕް ފީއަކާ ނުލާ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބާ ނެޓްވޯކްއަށް ގުޅުމަށް ކަސްޓަމަރުންނަށް ލިބޭ ވަރަށް އަގުހުރި ފުރުސަތެއްކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް މިހާރު ދިރާގުން ކުރިއަށް ގެންދާ ޚާއްސަ "ވިން އަ ޓެސްލާ ކަރ" ޕްރޮމޯޝަންގައިވެސް ބައިވެރިވެވޭނެއެވެ. އެގޮތުން މި ޕްރޮމޯޝަނާއެކު ދިރާގު ފައިބަރ ބްރޯޑްބޭންޑް 30އެމް އިން މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް އެންމެ ޒަމާނީ، އިލެކްޓްރިކް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފައެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގެ ގޭބިސީގެ 91 އިންސައްތައަށް ފޯރުކޮށްދެވިފައިވާ، ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަކީ ކަސްޓަމަރުންގެ އެކި ބޭނުންތައް ފުއްދުމަށް، ތަފާތު ސްޕީޑްތަކާއި އެލަވަންސްތަކާއި އަގުތަކުގައި ފަރުމާކުރެވިފައިވާ ޕެކޭޖްތަކެކެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެއެވެ.

މި ޕްރޮމޯޝަނާއި ބެހޭ އިތުރު މަޢުލޫމާތު https://bit.ly/42dAzP8 އިން ލިބެން ހުންނާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355