twitterviber whatsapp telegramfacebookyoutube instagram
8th May 2024

ހދ އަތޮޅު ކައުންސިލުން ތައިލެންޑަށް ކުރި ދަތުރަށް 9 ލައްކަ ރުފިޔާ ހަރަދުވި

އަބްދުލް ވާހިދު ޙަސަން
Nov 21, 2023
6

ހދ އަތޮޅު ކައުންސިލުން "ގުޑް ގަވަނަންސް އާއި ޕަބްލިކް ޕޮލިސީ، އަދި ރޫރަލް ޑިވެލޮޕްމަންޓްގެ ދާއިރާއިން މައުލޫމާތު މުއްސަނދިކުރުމަށް ތައިލެންޑްގެ ބެންކޮކަށް ކުރި ދަތުރުގެ ހަރަދަށް 9 ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާކަމަށް އެ ކައުންސިލުން ބުނެފި އެވެ.

މިއަހަރުގެ އޮކްޓޯބަރު 8 ން 18 އަށް ބެންކޮކަށް ކުރި މި ދަތުރުގައި އެ ކައުންސިލްގެ ރައީސްއާއެކު 12 މެމްބަރުން އަދި ސީނިއާ މެނޭޖްމަންޓްގެ 7 މުވައްޒަފުންނާއެކު ޖުމްލަ 20 ބޭފުޅުން ބައިވެރިވެލެއްވި އެވެ. އަތޮޅު ކައުންސިލްގެ މެމްބަރުންގެ ތެރެއިން މިދަތުރުގައި ބައިވެރިވެޑައިނުގަންނަވަނީ ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް އެކަންޏެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ކޭއޯ" އިން އެދިގެން އަތޮޅު ކައުންސިލުން ދިން މައުލޫމާތަށް ބަލާއިރު ބެންކޮކް ދަތުރަށް ޖުމްލަ 954،634.78 ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.

ތައިލެންޑް ދަތުރުގެ ހަރަދުގެ ތަފްސީލް

- އެއާ ޓިކެޓް [ސްރީލަންކަން އެއާލައިން] - 138،163.20 ރުފިޔާ.
- އެއާ ޓިކެޓް [ ކުޅުދުއްފުށި - މާލެ - ކުޅުދުއްފުށި ] - 72،020 ރުފިޔާ.
- ދަތުރު އެލަވަންސް - 161،228.80 ރުފިޔާ
- ޕޮކެޓްމަނީ - 46،260 ރުފިޔާ
- ޓްރެއިނިންގ، އެކަމަޑޭޝަން، ކެއުން، ދަތުރުފަތުރު - 535،212.78 ރުފިޔާ.
- ލޯންޗް ދަތުރު - 1750 ރުފިޔާ.

އަތޮޅު ކައުންސިލުން ބުނީ މި ހުރިހާ ހަރަދެއްގެވެސް ކޮށްފައިވަނީ އެ ކައުންސިލްގެ މާލިއްޔަތުން ކަމަށެވެ. އަތޮޅު ކައުންސިލްގެ މެމްބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި ސިޓީގެ މޭޔަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355