އަފީފުއްދީން ސްކޫލްގެ 19 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ސްކޫލުން ކުރިއަށްގެންދާ އެނިވާސަރީ ރަންގެ ބިބް ވިއްކުން ފަށައިގެން ކުރިއަށް އެބަދެ އެވެ.
މިމަހު 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ރަންގެ އެކި ވަނަތައްވެސް ހޮވުމަށް ހަމަޖެހިފައިވާއިރު އެންމެ އަވަހަށް ނިންމާ 10 ދަރިވަރުން ހޮވުމަށް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން މުވައްޒަފުންގެ ތެރެއިން އެންމެ ކުރިން ނިންމާ އަންހެން އަދި ފިރިހެން 3 މުވައްޒަފު، އަފީފުއްދީން ސްކޫލް ބެލެނިވެރިންގެ ތެރެއިން އެންމެ ކުރިންނިންމާ އަންހެން އަދި ފިރިހެން 3 ބެލެނިވެރިން، އެހެން ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން އެންމެ ކުރިން ނިންމާ އަންހެން އަދި ފިިރިހެން 10 ދަރިވަރުން އަދި އާންމުގެ ތެރެއިން އެންމެ ކުރިން ނިންމާ އަންހެން އަދި ފިރިހެން 10 ބައިވެރިންގެ ވަނަތައް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ރަންގައި ބައިވެރިވާ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ނަންތައްވެސް ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ. އަދި 40 އަހަރުން މަތީގެ އެންމެ ބާރު 10 ދުވުންތެރިންވެސް ހޮވާނެ އެވެ.
އަދި މުޅި ދުވުމުން 1، 2 އަދި 3 ވަނަ ހޮވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
ރަންގެ ބިބް ދަރިވަރުންނަށް ވިއްކަމުންދަނީ 25 ރުފިޔާއަށެވެ. އާންމުނަށް ބިބް ވިއްކަނީ 50 ރުފިޔާއަށެވެ. ހާއްސަ ނަންބަރުތަކުގެ ބިބް ވިއްކުމަށް ހަމަޖެހިފައިވަނީ 100 ރުފިޔާއަށެވެ.
އެންމެ އަގުބޮޑު ބިބް، އެންމެ ގިނަ ބިބް ގަންނަ ފަރާތްތައްވެސް ހޮވާ އެ ފަރާތްތަކަށްވެސް މެޑަލް ދެވޭނެކަމަށް ސްކޫލުން މައުލޫމާތުދެ އެވެ. ރަންގެ ބިބް ވިއްކުން ކުރިއަށްދާނީ ހެނދުނު 10:00 - 11:30 އަށް އަދި ހަވީރު 16:00 ން 17:30 އަށް ސްކޫލްގަ އެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު 7843445، 7971168، 7756074 ގުޅުމުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.