twitterviber whatsapp telegramfacebookyoutube instagram
3rd May 2024

މިފްކޯ އަނެއްކާވެސް ވަކިން ހިންގާ ކުންފުންޏަކަށް ހަދަނީ

ނަބީލާ އިސްމާޢީލް
Dec 6, 2023

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް އިއްޔެ ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އެހެންވީމަ އެ މަސައްކަތް، އެކަމުގެ ހުރިހާ އިޖުރާއަތްތައް ދެން ކުރިއަށްގެންދެވޭނެ. އޭގެ ބޭނުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ކުރިއަށްގެންދިޔުމުގައި، މަސްވެރިންނަށް އަޅުގަނޑުމެން ވެފައިވާ ވައުދުތައް ހާސިލުކުރުމުގައި، މަގުފަހިކުރުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާ ކުރެވޭނީ މިފްކޯ ހަރުދަނާކުރެވިގެންކަން ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ، މަސްވެރިންނަށް ހާއްސަ ކޯޕަރޭޓިވްއެއް ގާއިމުކުރައްވައި، އެ ކޯޕަރޭޓިވްއަކީ މިފްކޯގެ ހިއްސާދާރެއް ކަމުގައި ހެދުމަށް ނިންމަވާފައިވާ ކަންވެސް ހާމަ ކުރައްވާފައެވެ.

މީގެ ކުރިން މިފްކޯ ހިންގަމުންދިޔައީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355