twitterviber whatsapp telegramfacebookyoutube instagram
26th May 2026

އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Feb 13, 2024

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް ކަމަށް ބޭފުޅަކު އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު މާޗު މަހުގެ ދެވަނަ ދުވަހު ބާއްވަން ނިންމައި، ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވެފައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށް ފަހު، މި ވަގުތު އެ ޕާޓީގެ ވަގުތީ ރައީސްގެ ގޮތުގައި ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ރައީސްގެ މަޤާމުގެ އިންތިހާބު މި އަހަރުގެ މާޗު މަހުގެ ދެވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި، އެ މަގާމަށް ކުރިމަތިލާން އެދޭ މެންބަރުންނަށް މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ފުރުސަތު ހުޅުވައިލާފައިވާ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލާ މެންބަަރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑާ އެކު، ޕާޓީގެ ރައީސްކަމަށް ކުރިމަތިލާން އެދޭ ފޯމު ފުރިހަމަކުރަން ޖެހޭނެއެވެ.

އެމްޑީޕީގެ ވަގުތީ ރައީސްގެ ގޮތުގައި ހުންނެވި ރައީސް ސޯލިހު، މިހާތަނަށް އެ އިންތިހާބާ ގުޅިގެން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355