twitterviber whatsapp telegramfacebookyoutube instagram
7th June 2026

އުރީދޫން އިސްރަށްވެހިންނަށް ބޭއްވި ފުރަތަމަ ރޯދަ ވީއްލުން އައްޑޫ ސިޓީގައި

ނަބީލާ އިސްމާޢީލް
Mar 27, 2024

އުރީދޫ މޯލްޑިވްސް އިން އައްޑޫ ސިޓީގައި، އިސްރަށްވެހިންނާއި ޒުވާނުންނާ އެއްކޮށް ރޯދަ ވީއްލުމެއް ބާއްވައިފިއެވެ.

މިއީ އުރީދޫން މި ރޯދަމަހު އިފްތިތާހު ކުރި ސީއެސްއާރު ކެމްޕެއިން "އިސްރަށްވެހިންނާއެކު"ގެ ދަށުން ބޭއްވުނު ފުރަތަމަ ރޯދަ ވީއްލުމެވެ. އެ އިވެންޓުގެ މަގުސަދަކީ އިސްރަށްވެހިންނާއި ޒުވާނުން ހިތްހަމަޖެހޭ މާހައުލެއްގައި ދިމާވެ، ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. އެ ސީރީޒްގެ ދަށުން ރާއްޖޭގެ އިތުރު ހިސާބުތަކުގައިވެސް ރޯދަ ވީއްލުން ބޭއްވުމަށް އުރީދޫން ވަނީ ރާވައިފައެވެ.

އިސްރަށްވެހިންނާއެކު ބޭއްވި އެ ރޯދަ ވީއްލުމުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ބައިވެރިވެވަޑައިގެންނެވިއެވެ. އެއީ އިސްރަށްވެހިން ކަންކަމުގައި ބައިވެރިކޮށް މުޖުތަމައުގެ އެއްބައިވަންތަކަން ހަރުދަނާކުރުމަށް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ އަމާޒަކީ އެފަދަ ހަރަކާތްތައް މެދުވެރިކޮށް މުޖުތަމައުގެ މޭސްތިރިން ކަމަށްވާ އިސްރަށްވެހިން މުޖުތަމައުގެ އެކި ކަންކަމުގައި ބައިވެރިވުން އިތުރުކުރުން ކަމަށާއި އަދި އެ ހަރަކާތްތައް މެދުވެރިއަކަށްވެ، މުޖުތަމައުގައި އެކަކު އަނެކަކަށް ކުރާ އިހުތިރާމު އިތުރުވެ، އެކަކު އަނެކަކަށް އަޅައިލާ މުޖުތަމައެއް އުފެއްދުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355