twitterviber whatsapp telegramfacebookyoutube instagram
11th September 2026

ކުދިންތަކެއް ބިދޭސީ އަންހެނަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ބަލަނީ

އަބްދުލް ވާހިދު ޙަސަން
May 15, 2024
5

18 އަހަރުން ދަށުގެ ކުޑަ ފިރިހެން ކުދިންތަކެއް ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ކޭއޯއަށް މައުލޫމާތު ލިބިފައިވާގޮތުގައި ބިދޭސީ އަންހެނަކަށް މަގުމަތިން ދިމާކޮށް ޖިންސީ ގޯނާކޮށްފައިވަނީ ކުޑަ ތިން ފިރިހެން ކުދިންނެވެ. އެކަން ހިންގާފައިވަނީ ރޭގަނޑު ގާތްގަނޑަކަށް 19:30 ހާއިރު ކަމަށް މައުލޫމާތުލިބެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ، ކުޅުދުއްފުށީގައި ހިނގި މިހާދިސާ ރިޕޯޓްކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އެ މައްސަލަ ފުލުހުން ތަހްގީގުކުރަމުންދާ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293