twitterviber whatsapp telegramfacebookyoutube instagram
27th July 2024

އީދާ ގުޅުވައި ސްކައި ބީޗް ޗެލެންޖް ބާއްވަނީ

ނަބީލާ އިސްމާޢީލް
May 27, 2024

ބޮޑު އީދާ ދިމާކޮށް ބާއްވާ ބީޗް ޗެލެންޖް މި އަހަރުވެސް އޮންނާނެކަމަށް އެކަން އިންތިޒާމުކުރާ ފަރާތުން ބުނެފި އެވެ. މި މުބާރާތަކީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި)އާއި ހިރަފުސް ސްޕޯޓް ކުލަބުން އިިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ.

ބީޗް ފުޓްބޯޅަ ކުރިއަށް ގެންދިއުމާ ބީޗް ފުޓްބޯޅައަށް ޝައުގުވެރިވާ ޒުވާނުންނަށް މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި އީދު ކުޅިވަރުގެ ގޮތުގައި ހަމަ އެކަނި ފިރިހެނުންނަށް ހާއްސަކޮށް ބާއްވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ.

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޖޫން މަހުގެ 10 ވަނަ ދުވަހަށް ބައިވެރިވުމަށް ހުޅުވާލާ މިމުބާރާތުގައި ބައިވެރިވުމަށް ޓީމަކުން 1000 ރުފިޔާގެ ޗަންދާއެއް ދައްކަން ޖެހެއެވެ.

ހިރަފުސް ސްޕޯޓް ކުލަބުން ބުނީ މި މުބާރާތް ބައިވެރިވެވޭނީ އެންމެ ފުރަތަމަ ފޯމް ހުޅައަޅާ 16 ޓީމަށް ކަމަށާއި ރަޖިސްޓްރީ ފޯމް ހުށައަޅާނި އެކަމަށް ހަމަޖެހިފައިވާ އޮންލައިން ފޯމުންކަމަށެވެ.

މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ މަގާމުތަށް:

  • އެންމެގިނަ ލަނޑުޖެހި ކުޅުންތެރިޔާ
  • އެންމެ މޮޅު 5 ކުޅުންތެރިން
  • ބީޗް ފުޓްބޯލް ކިންގު
  • ކޮންމެ މެޗެއްގެ މޭން އޮފްދަ މެޗް
  • ޗެމްޕިއަން ޓީމް
  • ރަނަރއަޕް ޓީމް

ޗެމްޕިއަންޓީމަށާއި ރަނަރަޕް ޓީމަށް ފައިސާގެ އިނާމު ހުށާހެޅިފައިވާ މިމުބާރާތުގައި ބައިވެރިވާ ޓީމެއްގައި ގިނަވެގެން ތިބެވޭނީ 10 ކުޅުންތެރިންނާއި 2 އޮފިސަލުންނަށެވެ.

ސްކައި އިން ބާއްވަމުން އަންނަ މިމުބާރާތް މިދިޔަ އަހަރު ވެސް ވަނީ ވަރަށް ފޯރިގަދަކަމާއެކު ބާއްވާފަ އެވެ. އެންމެފަހުން ބޭއްވި ބީޗް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސްޓޯން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355