twitterviber whatsapp telegramfacebookyoutube instagram
8th September 2024

ހިތްގައިމު މޮނިއުމެންޓެއް: ތިނަދޫ މަލަމަތި ﷲއާއި ކީރިތި ރަސޫލާގެ ނަންފުޅު

ނަބީލާ އިސްމާޢީލް
Jun 17, 2024
1

ގދ.ތިނަދޫ މަލަމަތީގައި ﷲގެ އިސްމުފުޅާއި ކީރިތި ރަސޫލާގެ ނަންފުޅުގެ ދެ މޮނިއުމެންޓް ދިއްލާލައިފިއެވެ.

ތިނަދޫ ރަސްމީ ފާލަމުން ރަށަށް ފައިބާ މެހެމާނުންނަށް ފެންނާނެހެން ކަނާތް ފަރާތުގައި ﷲގެ އިސްމުފުޅުގެ މޮނިއުމެންޓެއް ހުރިއިރު ވައަތްފަރާތުގައި ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲއަލައިހި ވަސައްލަމުގެ ނަންފުޅުގެ މޮނިއުމަންޓެއް ވަނީ ބަހައްޓާފައެވެ. މިއީ ކައުންސިލް ބަޖެޓުން ހަރަދުކޮށްގެން ތައްޔާރުކޮށްފައިވާ ދެ ބިނާއެވެ.

ތިނަދޫގައި އީދު ފާހަގަކުރުމަށްޓަކައި ސަޤާފީ އެތައް ހަރަކާތަކާއި ކުޅިވަރުތައް ފެށިގެން ކުރިޔަށްދާއިރު މިފަހަރުގެ ބޮޑު އީދު މުޅިން ތަފާތު ވާނެ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

އެހެން އީދުތަކާއި ހިލާފަށް މިފަހަރު ތިނަދޫ ކައުންސިލުން މިވަނީ އީދު ކުލަގަދަކޮށް ފާހަގަކުރަން ނިންމައި ތައްޔާރީތައް ފަށާފައެވެ. އެގޮތުން އީދުގެ ކުޅިވަރުތަކާއި އީދު އުފާ ފާޅުކުރުން ރަސްމީކޮށް ހޮނިހިރު ދުވަހުގެރޭ ފެށިގެން ދިޔައީ މި ދެ ބިނާ ހުޅުވުމުގެ ރަސްމިއްޔާތާއެކީގައެވެ.

ދެ ބިނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތިނަދޫ މޭޔަރު ސައުދު އަލީ ވިދާޅުވީ ތިނަދޫ ސިޓީގެ ރައްޔިތުންގެ މެދުގައި ދީނީ އެއްބައިވަންތަކަމާއި އަހުވަންތަކަމުގެ ގުޅުން ބަދަހިކޮށް ބޭއްވުމަށްޓަކައި ކުރިމަތީގައި އައްޑަނައެއް ގޮތަށް މި ދެމޮނިއުމަންޓް ސިފަވެގެންދާނެ ކަމަށެވެ.

"އިންސާނުން އަނދިރިކަމުން އަލިކަމުގެ ތެރެޔަށް އައުމަށްޓަކައި ކުރަމުން ދާ މަސައްކަތާއި، އިލްމީ ގޮތުން ކުރިއެރުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި މަގު ދައްކައިދިނުމަށް އެންމެ ބޭނުންވާ އެއް ކަމަކީ އަލި. އަޅުގަނޑުމެންނަށް މި ބިނާއިން އެ މަންޒަރު ސިފަވެގެންދާނެ." ސައުދު ވިދާޅުވިއެވެ.

އަދި އެ ދެ ބިނާއަކީ 2014 ވަނަ އަހަރު ތިނަދޫގެ ރައްޔިތުން ހަވާލުކުރި ޒިންމާގެ ތެރެއިން 10 އަހަރު ކުރެވުނު މަސައްކަތުން ވުޖޫދަށް ގެނެވުން ބިނާތަކެއް ކަމަށާއި އެ ދުވަހަށް ވަރަށް ދިގު އިންތިޒާރެއް ކުރި ކަމަށް ސައުދު ވިދާޅުވިއެވެ. އަދި މިފަދަ ބޮޑު ބިނާއެއް ތިނަދޫގައި ޤާއިމުވެގެން ދިޔުމަކީ ރާއްޖޭގެ ރައްޔިތުންނަށް ދައްކުވައިދެވުނު ރީތި ނަމޫނާއެއް ކަމަށާއި އެ ކަމާ ފަހުރުވެރިވާ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.

މިއީ ރާއްޖޭގެ ރަށެއްގައި މިފަދަ ބޮޑު އަދި ދީން ރަމްޒުކޮށްދޭ މޮނިއުމަންޓުތައް ބެހެއްޓި ފުރަތަމަ ރަށެވެ. ދެ ބިނާގައިވެސް ވަނީ ހުދު ލައިޓް އަޅުވާ ދިއްލާފައެވެ. އޭގެ ސަބަބުން ރަށުގެ މަލަމަތިން މި ދެބިނާ ވަރަށް ރީތިކޮށް ސިފަވެގެންދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355