twitterviber whatsapp telegramfacebookyoutube instagram
6th October 2024

މަންމަ އާއި ބައްޕަގެ ނަމުގައި ގަހެއް އިންދުމަށް އިލްތިމާސްކޮށްފި

Jul 7, 2024

ކޮންމެ ރައްޔިތެއްގެ ވެސް މަންމަ އާއި ބައްޕަގެ ނަމުގައި ގަހެއް އިންދުމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ތާރިޤު އިބްރާހިމް އިލްތިމާސް ކޮށްފިއެވެ.

އިއްޔެ ހުޅުމާލެ ފޭސް ދޭއްގައި ކްލީން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން "ގޯ ގްރީން"ގެ ނަމުގައި ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ތިމާވެށްޓާއިބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ، ގަސް އިންދުމަކީ ފަރުދީ ޒިންމާއެއް ގޮތުގައި ދެކި އެންމެން ގުޅިގެން މި މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ގޮވާލައްވާފައެވެ. އެ ގޮތުން ކޮންމެ ރައްޔިތެއްގެ ވެސް މަންމަ އާއި ބައްޕަގެ ނަމުގައި ގަހެއް އިންދައި ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި ރާއްޖެ ފަދަ ހޫނު ގަދަ، ގަސް މަދު ގައުމެއްގައި ހިތްހަމަ ޖައްސާލުމަށް ހިޔާ ލިބޭނެ ގަހެއް ހުރުމަކީ އެންމެންނަށް ވެސް ލިބޭނެ ފައިދާއެއް ކަމުގައި ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމް ފެއްޓުމުގެ ގޮތުން ފުރަތަމަ ގަސް އިންދަވައިދެއްވީ ވަޒީރު، ތޯރިގެވެ. މި ޕްރޮގްރާމުގައި 350 އަށް ވުރެ ގިނަ ބައިވެރިން ހަރަކާތްތެރިވެފައިވާއިރު މީގެ 50 އިންސަންތަ އަކީ ކުޑަކުދިންނެވެ.

"ގޯ ގްރީން" އިވެންޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާޙު ކޮށްދެއްވި "މުޅި ރާއްޖޭގައި ފަސް މިލިޔަން ގަސް އިންދުން" މި ޝިއާރުގެ ދަށުން 1000 ގަސް އިންދުމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅިގެން ކްލީން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355