twitterviber whatsapp telegramfacebookyoutube instagram
8th September 2024

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރައީސް ފައްޓަވައި ދެއްވައިފި

ނަބީލާ އިސްމާޢީލް
Jun 5, 2024
1

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް މިއަދު ރައީސް މުއިއްޒު ފައްޓަވާދެއްވައިފިއެވެ.

ރާއްޖެ ފެހިކުރުމަށާއި، ގަސްތަކުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ދިވެހިރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ފަސް އަހަރުގެ ތެރޭގައި، ފަސް މިލިއަން ގަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.

އެކަން ރައީސް އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުން "ކޮޕް28"ގަ އެވެ.

މި ޕްރޮގްރާމް އިފުތިތާހުކުރުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހެނދުނު ލޮނުޒިޔާރަތް ޕާކުގައެވެ.

އެ ތަނުގައި މިއަދު އިންދާފައި ވަނީ ރާއްޖޭގެ މާހައުލުން ފެންނަ، މިހާރު ނެތިދިޔުމުގެ ބިރު ހީވެފައިވާ ގަސްގަހާގެއްސެވެ.

މި ޕްރޮގްރާމްގެ ތެރެއިން އެކަމަށް ހާއްސަ ލޯގޯވެސް ވަނީ އިފްތިތާހްކޮށްދެއްވާފައެވެ.

މި ޕްރޮގްރާމްގެ ދަށުން ގަސް އިންދުމުގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދަން ވަނީ ރޭވިފައެވެ. އަދި ރާއްޖޭގެ އެކި ރިސޯޓްތަކާއި، މުވައްސަސާތަކާއި، ޖަމިއްޔާ ޖަމާއަތްތަކުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ. މި ޕްރޮގްރާމް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355