twitterviber whatsapp telegramfacebookyoutube instagram
15th September 2025

އާއިލާ މެންބަރަކަށް މަގާމުގެ ނުފޫޒުން ނާޖާއިޒް ފުރުސަތެއް ހޯދައެއް ނުދޭނަން: ޝަހީމް

ނަބީލާ އިސްމާޢީލް
Jul 10, 2024

ދައުލަތުގެ މުދަލާއި މަގާމާއި ފައިސާ ނާޖައިޒު ގޮތުގައި ބޭނުން ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ޝަހީމް އެގޮތަށް ވިދާޅުވެފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޝަހީމްގެ އާއިލާގެ ބައެއް ބޭފުޅުންނަށް ސިޔާސީ މަގާމުތައް ދެމުން އަންނަ ކަމަށް ބުނެ، މީސް މީޑިއާގައި އާއި ބައެއް ނޫސްތަކުގައި އެ ވާހަކަތައް ވަރަށް ގަދައަށް ދައްކަމުން އަންނަ ދުވަސްވަރެއްގައެވެ.

ޝަހީމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ދަރިއަކު، ނުވަތަ އާއިލާގެ މެމްބަރަކު ކިޔަވައިގެން ހުންނެވި ދާއިރާއަކުން ހިދުމަތް ކުރަން އެމީހަށް ލިބޭ ފުރުސަތަކީ ނާޖައިޒް ގޮތުގައި ހޯދައި ދޭނެ ފުރުސަތެއް ނޫން ކަމަށެވެ.

"ދައުލަތުގެ މުދަލާއި މަގާމާއި ފައިސާ ނާޖައިޒު ގޮތުގައި ބޭނުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" ޝަހީމް އިތުރަށް އެ ޕޯސްޓުގައި ވިދާޅުވިއެވެ.

ޝަހީމްގެ އެ ޕޯސްޓުގައި މީސް މީޑިއާ އާއި ބައެއް މީޑިއާތަކުގައި ދެކެވޭ ވާހަކަތައް ދޮގު ކުރައްވާފައެއް ނުވެއެވެ.

ޝަހީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހުމަދު ޝިފާޒް އަލީ ސައީދަށް ޓޫރިޒަމް މިނިސްޓްރީގެ ނައިބުކަން އަދި ޝަހީމުގެ ދަރިފުޅު އަބްދުﷲ މާހިލް ޝަހީމް، އަށް މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ އިސް މަގާމެއް ދެއްވި ކަމުގެ އަޑު ފެތުރިފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355