twitterviber whatsapp telegramfacebookyoutube instagram
18th October 2024

ކުޅުދުއްފުށީ ބައި-އިލެކްޝަން ބޮޑު ތަފާތަކުން ޕީއެންސީގެ ކެންޑިޑޭޓް ކާމިޔާބުކޮށްފި

އަބްދުލް ވާހިދު ޙަސަން
Jul 20, 2024
2

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ، އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޮޑު ތަފާތަކުން ޕީއެންސީގެ ކެންޑިޑޭޓް އިބުރާހިމް އަހުމަދު ކާމިޔާބުކޮށްފި އެވެ.

އުތުރުގެ ދާއިރާގެ ގޮނޑިއަށް ކައުންސިލަރަކު އިންތިހާބުކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ޕީއެންސީގެ ކެންޑިޑޭޓް ކާމިޔާބުކޮށްފައިވަނީ 482 ވޯޓް ހޯދައިގެންނެވެ.

އޭނާއެކު އެ ދާއިރާއަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ޝަމްނޫޒް މުހައްމަދު ނައީމަށް ލިބިލެއްވީ 196 ވޯޓެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި ތިއްބަވަނީ ޖުމްލަ މޭޔަރާއެކު ޖުމްލަ 7 މެންބަރުންނެވެ. އެ ހުރިހާ ކައުންސިލަރުންވެސް ނިސްބަތްވެލައްވަނީ އެމްޑީޕީއަށެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ދާއޫދު، ރައްޔިތުން މަޖިލިހަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355