twitterviber whatsapp telegramfacebookyoutube instagram
9th March 2026

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އިރާގުން ވޯލްޑްކަޕް ޕްލޭއޮފް ބަދަލުކުރުމަށް އެދެނީ

މުޙައްމަދު އަހުމަދު
Mar 9, 2026

މެދުއިރުމަތީގައި އެމެރިކާއާއި އިސްރޭލުން ފަށައިގެން އުޅޭ ހަނގުރާމައިގެ ސަބަބުން އެސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ހަމަނުޖެހުންތަކުގެ ސަބަބުން އިރާގުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ވޯލްޑްކަޕް ޕްލޭ އޮފް ކުޅުމަށް ހަމަޖެހިފައިވާ ތާރީހު ބަދަލުކޮށްދިނުމަށް އެގައުމުގެ ހެޑް ކޯޗު ގްރަހަމް އާނޯލްޑް ފީފާއިން އެދިއްޖެ އެވެ.

އިންޓަރ ކޮންފެޑެރޭޝަން ޕްލޭއޮފުގައި މޮނެޓްރޭގައި މިމަހުގެ 31 ވަނަ ދުވަހު އިރާގުން ނުކުންނަ ހަމަޖެހިފައިވަނީ ބޮލިވިއާއާއި ސުރިނާމް ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކާ ދެކޮޅަށެވެ. އިރާގު މެޗުން މޮޅުވާ ޓީމަކަށް އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި އޮންނަ ސަމާރ ވޯލްޑް ކަޕުގެ ފަހު ދެޖާގައިން އެއް ޖާގަ ލިބިގެންދާނެ އެވެ.

އިރާގާއި އަދި މެދުއިރުމަތީގެ އެހެން ގަލްފްގެ ގައުމުތަކުން ވަނީ އެމެރިކާއާއި އިސްރޭލު ގުޅިގެން އިރާގުގެ އައްސޭރީގައިވާ އިރާނަށް ދެމުންދާ އަސްކަރީ ހަމަލާތަކާ ގުޅިގެން އެގައުމުތަކުގެ ވައިގެ ސަރަހައްދު މުއްދަތެއް ނެތި ބަންދުކޮށްފަ އެވެ.

އޮސްޓްރޭލިއަން އެސޯސިއޭޓެޑް ޕްރެސް ދިން ބަޔާނެއްގައި އާނޯލްޑް ބުނީ މިހާރު ހާލަތާއި ކަންތައްތައް އޮތް ގޮތުން ޓީމުގެ މެމްބަރުންނަށް މެޗަށް ދަތުރު ނުކުރެވޭނެ ކަމަށާއި އަދި މެޗުގެ ތާރީހު ބަދަލުކުރަން ލަފާދޭ ކަމަށް ބުނެފަ އެވެ.

"އަހަރެންގެ ނަޒަރުގައި، ފީފާއިން މެޗު ލަސްކޮށްލައިފިނަމަ، އަހަރެމެންނަށް ރަނގަޅަށް ތައްޔާރުވުމަށް ވަގުތު އެބަ ލިބޭ. ބޮލިވިއާއިން ސުރިނާމާއި ދެކޮޅަށް މިމަހު ކުޅެން ދީފައި ވޯލްޑްކަޕަށް އެއް ހަފްތާއަށް ވުމުން އެމެރިކާ ފަސްގަނޑުގައި އެމެޗުން މޮޅުވާ ޓީމާ ދެކޮޅަށް އަހަރެމެން ކުޅޭނީ. އަދި އެމެޗުން މޮޅުވާ ބަޔަކު މަޑުކޮށްފައި، ބަލިވި މީހުން އަނބުރާ ގައުމަށް ދާނީ" އާނޯލްޑް ދެއްވި ބަޔާނުގައި އޭނާ ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355