twitterviber whatsapp telegramfacebookyoutube instagram
10th October 2026

ހެލްތު މިނިސްޓަރު ނާޒިމް ވެސް މަގާމުން އިސްތިއުފާ ދެއްވައިފި

Apr 14, 2026

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވެސް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ނާޒިމް އިސްތިއުފާ ދެއްވި ކަމަށް މައުލޫމާތު ލިބިފައިވާއިރު، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް އިބްރާހީމް ވެސް އިސްތިއުފާ ދެއްވައިފި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މަގާމުން ވަކިކޮށްފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މި މަހު 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކުގެ ފަހުން ދައުލަތުގެ ކުންފުނިތަކަށް ވެސް ބަދަލުތައް ގެނެސްފައިވެއެވެ. އެގޮތުން އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސެއިން ދީދީ އާއި ފެނަކަގެ މެނޭޖިން ޑިރެކްޓަރު ކަމުން މުޙައްމަދު ނަޖާޙް ވަނީ މި މަހުގެ ހަ ވަނަ ދުވަހު ވަކިކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293