twitterviber whatsapp telegramfacebookyoutube instagram
23rd April 2026

ޕްރިމިއާ ލީގު: ޗެލްސީ އަތުން ޔުނައިޓެޑް މޮޅުވިއިރު ޓޮޓެންހަމް ރެލިގޭޝަންގެ ބިރުގައި

މުޙައްމަދު އަހުމަދު
Apr 19, 2026

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅެވުނު މެޗުތަކުން ޗެލްސީ އަތުން މެންޗެސްޓާރ ޔުނައިޓެޑް މޮޅުވިއިރު ބްރައިޓަން ހޯލްވް އަލްބިއަންއާ އެއްވަރުވެ ރެލިގޭޝަނުގައި ޒޯނުގައި އޮވެ ރެލިގޭޓްވުމުގެ ބިރު ޓޮޓެންހަމަށް ބޮޑުވެއްޖެ އެވެ.

ރޭ ޗެލްސީ އަތުން ޔުނައިޓެޑް މޮޅުވީ 1 - 0 ގެ ހަނި ތަފާތަކުންނެވެ. މިމެޗުން ލިބުނު މޮޅާއެކު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތެއް ހޯދުމަށް ޔުނައިޓެޑުން ކުރަމުން އަންނަ މަސައްކަތަށް މިވަނީ އިތުރު ކުރިއެރުމެއް ލިބި ފުރުސަތު މިވަނީ ބޮޑުވެފަ އެވެ.

ލީގުގައި 33 މެޗު ކުޅެ ޔުނައިޓެޑް އޮތީ 58 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގަ އެވެ. ޗެލްސީއަށް 33 މެޗުން ލިބުނު 48 ޕޮއިންޓާއެކު އެޓީމުގެ އޮތީ ލީގު ތާވަލުގެ 6 ވަނައިގަ އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ރޭ ކުޅެވުނު މެޗުގައި ޔުނައިޓެޑުން އެޓީމުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަތެއަސް ކުންޏާ އެވެ. 43 ވަނަ މިނެޓުގައި ބްރޫނޯ ފަނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ކުންޏާ އެޓީމަށް ލީޑު ނަގައިދިނެވެ. މެޗު ނިމުނީ 1 - 0 ގެ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

ޓޮޓެންހަމަށް ބަލާލާއިރު މިސީޒަނުގައި އެޓީމު މޮޅުވެފައިވަނީ އެންމެ 7 މެޗުންނެވެ. އަދި ސީޒަނުގައި މިއަހަރު އަދި މެޗަކުން މޮޅެއް ނުވެ އެވެ. 16 މެޗުން މިހާތަނަށް ބަލިވެފާވާއިރު 10 މެޗުން ވަނީ އެއްވަރުވެފަ އެވެ.

32 މެޗުން އެންމެ 31 ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލުގެ 18 ވަނައިގައި ރެލިގޭޝަން ޒޯނުގަ އެވެ. 17 ވަނައިގައި އޮތް ވެސްޓްހަމާ ދޭތެރޭ އެޓީމު އޮތީ 1 ޕޮއިންޓްގެ ފަރަގެކެވެ.

ރޭ އެޓީމުން ބްރައިޓަންއާ ވަނީ 2 - 2 ން އެއްވަރުވެފަ އެވެ. ދެފަހަރު މަތިން ޓޮޓެންހަމުން ލީޑު ނެގި ނަމަވެސް ބްރައިޓަންއިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. 39 ވަނަ މިނެޓުގައި ޕެޑްރޯ ޕޯރޯ އެޓީމަށް ލީޑު ނަގައިދިނެވެ.

އެހެންނަމަވެސް ފުރަތަމަ ހާފުގެ ފަހުވަގުތު ކޮޅު ކައޮރޫ މިޓޯމާ ބްރައިޓަން ނަތީޖާ އެއްވަރުކޮށްދިނެވެ. 1 - 1 ން އެއްވަރުވެ އޮވެ ދެވަނަ ހާފަށް ނުކުމެ ކުޅުން ރަނގަޅު ދެޓީމުން ވެސް ކުރި އެވެ. 77 ވަނަ މިނެޓުގައި މެޗުގައި ދެވަނަ ފަހަރަށް ޓޮޓެންހަމުން ލީޑު ނެގި އެވެ.

ޒަވީ ސިމޮންސްގެ ލަނޑަކުން އެޓީމު ލީޑު ނެގިނަމަވެސް މެޗުގެ އެންމެ ފަހު ވަގުތު ޖޯޖީނިއޯ ރަޓާރ ޖަހައިދިން ލަނޑާއެކު ބްރައިޓަންއިން ވަނީ ނަތީޖާ އެއްވަރުކޮށް ޓޮޓެންހަމް ރޮއްވާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355