twitterviber whatsapp telegramfacebookyoutube instagram
20th April 2026

ސަބްސިޑައިޒް އަގުގައި މިހާތަނަށް 1.1 މިލިއަން ލީޓަރަށްވުރެ ގިނަ ތެޔޮ ދޫކޮށްފި

ނަބީލާ އިސްމާޢީލް
Apr 19, 2026

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަރުކާރުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 1.1 މިލިޔަން ލީޓަރަށްވުރެ ގިނަ ތެޔޮ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ްްްްް

ޝިޔާމް ވިދާޅުވީ މި އުނދަގޫ ހާލަތުގައިވެސް މަސްވެރިން މަސް ކަނޑުތަކަށް ނެރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުން ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5000 ލީޓަރު ދޫކުރަމުންދާ ކަމަށެވެ. 50 ފޫޓާއި، 85 ފޫޓާއި ދެމެދުގެ އުޅަނދުތަކަށް 3000 ލީޓަރު އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1500 ލީޓަރު ތެޔޮ މިފްކޯއިން ދޫކުރަމުންދާ ކަމަށެވެ. ވަޒީރު ވިދާޅުވީ، މިހާތަނަށް 958 ދޯންޏަކަށް 1.1 މިލިޔަނަށްވުރެ ގިނަ ލީޓަރުގެ ތެޔޮ ފޯރުކޮށްދީފައިވާ ކަމަށެވެ.

"މިހާތަނަށް 958 ދޯންޏަކަށް އެއްފަހަރަށްވުރެ ގިނަ ފަހަރު މި ދޯނިތަކަށް ތެޔޮ ދޫކުރާ ތަންތަނުން ތެޔޮ ލިބިގަންނާނެ. 1.1 މިލިޔަން ލީޓަރަށްވުރެ ގިނަ ލީޓަރަށްވުރެ ގިނަ ތެޔޮ މި ހާލަތުގައި ސަރުކާރުން މިދޭ އެހީތެރިކަމާއިއެކު ޔަޤީނުންވެސް ދޯނިތަކަށް އަޅައިފި." މިނިސްޓަރ ވިދާޅުވިއެވެ.

މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ތެޔޮ ދޫކޮށްފައިވަނީ، ކޫއްޑޫއިންނެވެ. އެއީ، 583،220 ލީޓަރުގެ ތެލެވެ. އަދި މިފްކޯ އައްޑޫ ސެންޓަރުން 255،445 ލީޓަރުގެ ތެޔޮ، މިފްކޯ ހުޅުމާލެ ސެންޓަރުން 133،004 ލީޓަރުގެ ތެޔޮ ވަނީ ދޫކޮށްފައެވެ. ހިންމަފުށި ސެންޓަރުން 62،251 ލީޓަރު އަދި ފެލިވަރު ސެންޓަރުން 72،710 ލީޓަރުގެ ތެޔޮ ވަނީ ދޫކޮށްފައެވެ.

މިދިޔަ މަހުގެ 5 ވަނަ ދުވަހު މިފްކޯއިން ބުނީ، މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް 16.54 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެ ކަމަށެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް ކިރާނަމަ، 16.04 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެ ކަމަށެވެ. މިފްކޯއިން ވިދާޅުވީ، ކުރިއެކޭވެސް އެއްގޮތަށް މިފްކޯއިން ޑީސަލް ގަންނަ އާންމު ފަރާތްތަކަށް ވިއްކަމުން ދާނީ، ލީޓަރެއް 17.54 ރުފިޔާގެ މަގުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355