twitterviber whatsapp telegramfacebookyoutube instagram
27th June 2026

އާ ފޮރިން މިނިސްޓަރުގެ ފުރަތަމަ ދަތުރު އިންޑިއާ އަށް

May 12, 2026

ސަރުކާރުގެ ކެބިނެޓަށް ގެނައި ބަދަލާއެކު ފޮރިން މިނިސްޓަރުގެ މަގާމަށް އަލަށް އައްޔަން ކުރެއްވި އިރުތިޝާމް އާދަމް އިންޑިއާ އަށް ފުރައިވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރިގެ ދައުވަތަކަށް އިރުތިޝާމް މިއަދު އެ ގައުމަށް ފުރާވަޑައިގެންފައިވާ ކަމަށެވެ. މިއީ އެ މަގާމާ ހަވާލުވެވަޑައިގަތް ފަހުން އިރުތިޝާމް ކުރައްވާ ފުރަތަމަ ދަތުރެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މި ދަތުރުގައި އިރުތިޝާމް ފުރަތަމަ ބައްދަލު ކުރައްވާނީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޖައިޝަންކަރާ އެވެ.

އެގޮތުން ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި އެކި ރޮނގުތަކަކުން ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމުގައި ކުރިން ހުންނެވި އިރުތިޝާމް ފޮރިން މިނިސްޓަރު ކަމަށް އައްޔަންކުރެއްވީ މިދިޔަ މަހު 14 ގަ އެވެ. އޭގެ ކުރިން ފޮރިން މިނިސްޓަރަކަށް ހުންނެވީ ޑރ. އަބްދުﷲ ހަލީލެވެ. އިރުތިޝާމަކީ މި ސަރުކާރުގެ ތިންވަނަ ފޮރިން މިނިސްޓަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355