twitterviber whatsapp telegramfacebookyoutube instagram
25th June 2026

ޗެކުން ގެއަށް ދާން ޖެހުނުއިރު މެކްސިކޯއަށް ސައްތައިން ސައްތަ ރެކޯޑެއް

މުޙައްމަދު އަހުމަދު
Jun 25, 2026

ފީފާ ވޯލްޑް ކަޕްގައި ރޭ ފަހު ހާފުގައި ޖެހި 3 ގޯލާއެކު ޗެކް ރިޕަބްލިކް މުބާރާތުން ކަޓުވާލާ ސައްތައިން ސައްތަ ރެކޯޑަކާއެކު މެކްސިކޯއިން ގްރޫޕް ސްޓޭޖް ނިންމާލައިފި އެވެ.

މުބާރާތުގެ ކޯ ހޯސްޓް މެކްސިކޯއަށް ވަނީ ރޭ ފަހު މެޗުގައި މެކްސިކޯ ސިޓީގައި ޗެކާ ދެކޮޅަށް ނުކުތްއިރު ވެސް ގްރޫޕް އޭގެ އެއްވަނަ ޔަގީންވެ ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ. ފުރަތަމަ ދެމެޗުން އެޓީމުން ވަނީ ދެކުނު އެފްރިކާ އަދި ދެކުނު ކޮރެއާ ބަލިކޮށްފަ އެވެ.

އެހެންކަމުން އެއްވަނަ ޔަގީންވެފައިވާ އޮތުމުގެ މެކްސިކޯގެ މެނޭޖަރު ހަވިއާ އަގުއިރޭއަށް އޭނާގެ ސްކޮޑް ބަދަލުކޮށްލަން ފުރުސަތު ލިބި އަދި ވާތު ބެކަށް ކުޅޭ މަޓެއޯ ޗަވޭޒް ވަނީ ދެވަނަ ހާފުގައި އޭނާގެ ފުރަތަމަ ބައިނަލްއަގްވާމީ ގޯލު ޖަހާ މޮޅު ކުޅުމެއް ދައްކާފަ އެވެ.

އޭނާ އަކީ ކުރީގެ މެޗުން މިފަހަރުގެ ފުރަތަމަ 11 އަށް ގެނައި 5 ކުޅުންތެރިން ތެރެއިން އެކަކެވެ. ރޭ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާއަށް ވެސް މެކްސިކޯއިން ވަނީ މުބާރާތުގައި ފުރަތަމަ ފަހަރަށް ފުރަތަމަ 11 ގައި ހިމަނާފަ އެވެ.

އޭނާ ވަނީ ރޭ މިޑްފީލްޑްގައި މޮޅު ކުޅުމެއް ދައްކާ މެކްސިކޯގެ ދެވަނަ ލަނޑުގައި ޝާމިލްވެފަ އެވެ. ޖޫލިއަން ކުއިނޯނެސް ޖެހި ލަނޑު ޖެހުމަށް ދިން ޕާހަކީ ގިލްބާޓޯގެ ޕާހެކެެވެ. އުމުރުން 17 އަހަރާއި 253 ދުވަހުގެ މޯރާ ވަނީ ފިރިހެނުންގެ ވޯލްޑްކަޕް ތާރީހުގައި މެޗެއް ފެށި ހަވަނައަށް އެންމެ ހަގު ކުޅުންތެރިޔާއަށް ވެފަ އެވެ. އަދި މެކްސިކޯގެ އެންމެ ހަގު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ.

72 ވަނަ މިނެޓުގައި މޯރާ ބަދަލުކުރި ވަގުތު އޭނާއަށް ވަނީ ހޫނު ތަރުހީބަކާ މަރުހަބާއެއް ލިބިގެން ގޮސްފަ އެވެ. އަދި އޭނާގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަލްވާރޯ ފިޑާލްގޯ ވަނީ މެކްސިކޯގެ 3 ވަނަ ލަނޑު ޖަހައިދީފަ އެވެ.

ގޯލުތަކުގެ އިތުރުން ރޭ އަޒްޓެކާ ސްޓޭޑިއަމްގެ ފޯރިގަދަވެގެންދިޔައީ މެކްސިކޯގެ ރިޒާވް ގޯލް ކީޕަރު ގިޔަރުމޯ އޮޗޯއާ މެޗުގެ ފަހު ކޮޅު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތުމުންނެވެ. 40 އަހަރުގެ އޮޗޯއާ މިފަހަރު އޭނާގެ 6 ވަނަ ވޯލްޑްކަޕް ކުޅޭއިރު މިއީ އޭނާގެ އެންމެ ފަހު ވޯލްޑްކަޕް ކަން ވެސް ފާހަގަކޮށްލެވެ އެވެ.

އަދި 6 ވަނަ ވޯލްޑްކަޕާއެކު އޭނާ މިވަނީ ޕޯޗުގަލް ރޮނާލްޑޯ އަދި އާޖެންޓީނާގެ މެސީގެ ރެކޯޑާ ހަމަކޮށްފަ އެވެ. އެހެންނަމަވެސް އޮޗޯއާ ފެނިގެން ގޮސްފައިވަނީ 4 ވޯލްޑްކަޕެއްގަ އެވެ. އެއީ 2006 އަދި 2010 ގައި އޭނާ ހުރީ ބޭނުން ނުކުރާ ސްކޮޑް މެމްބަރެއްގެ ގޮތުގަ އެވެ.

ރޭގެ މޮޅާއެކު މެކްސިކޯއިން ގަދަ 32 ގެ ބުރަށް ދަތުރުކުރިއިރު އެ ބުރުގައި އެޓީމަށް ނުކުންނަން ޖެހޭނީ 1 ޖުލައިގައި މެކްސިކޯ ސިޓީގައި 3 ވަނައަށްދާ ގަދަ 8 ޓީމުގެ ތެރެއިން ޓީމަކާ ދެކޮޅަށެވެ. އަނެއް ކޮޅުން 3 މެޗުން އެންމެ ޕޮއިންޓަކާއެކު ގްރޫޕް އޭގެ ފުލުގައި އޮވެ ޗެކް ރިޕަބްލިކް މިވަނީ މުބާރާތަށް އަލްވަދާއު ކިޔާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355