twitterviber whatsapp telegramfacebookyoutube instagram
27th September 2026

ދަރިވަރުންގެ މުސްތަގްބަލް ބިނާކުރުމަށް މަތީ ސާނަވީ އިމްތިހާނު މުހިންމު: ރައީސް

ނަބީލާ އިސްމާޢީލް
Sep 27, 2026

މަތީ ސާނަވީ އިމްތިހާނަކީ ތައުލީމީ ހަޔާތުގެ މިސްރާބު ކަނޑައަޅައިދޭނެ އެންމެ މުހިއްމު އެއް މަރުޙަލާކަން ފާހަގަކުރައްވައި، އިމްތިހާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފިއެވެ

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފެށުނު މި އަހަރު މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށާއި އެ ކުދިންގެ އާއިލާތަކަށާއި މަދަރުސާތަކަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފެށުނު މި

"ދަރިވަރުންގެ މުސްތަގުބަލު ބިނާކުރުމުގައި އަދި ވަކީން ހާއްސަކޮށް، މަތީ ތައުލީމު އުނގެނޭނެ ދާއިރާއެއް ހިޔާރުކޮށް ކުރިއަށް ދިއުމުގައި، މަތީ ސާނަވީ އިމްތިހާނަކީ މުހިންމު މަރުޙަލާއެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިމްތިހާނަށް ތައްޔާރުވުމަށް ކުދިން ކުރި ބުރަ މަސައްކަތުގެ ފޮނިމޭވާ ލިބޭނެ ކަމަށެވެ.

"މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، މި އިމްތިހާނުގައި ފަސޭހައިން މޮޅަށް ޖަވާބުދީ، އެންމެން ފަހުރުވެރިވާނެ ރަނގަޅު ނަތީޖާތަކެއް ތިޔަ ކުދީން ގައުމަށް ހޯދައިދޭނެ ކަމަށް އުންމީދު ކުރަން،" ރައީސް ވިދާޅުވެފައިވެ އެވެ.

މަތީ ސާނަވީ އިމްތިހާނުގައި މި އަހަރު 53 ސެންޓަރަކުން 4،973 ދަރިވަރުން އޭލެވެލް އިމްތިހާނު އަދި 2،263 ދަރިވަރުން އެޗްއެސްސީ އިމްތިޙާނު ހެދުމަށްވަނީ ހަމަޖެހިފަ އެވެ.

އޭލެވެލް އިމްތިހާނު މިއަދުން ފެށިގެން އޮކްޓޫބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293