twitterviber whatsapp telegramfacebookyoutube instagram
25th April 2024

އެސްއެމްއެސް ޗެލެންޖްގެ ނަމުގައި ދިރާގުން ޕްރޮމޯޝަންއެއް ފަށައިފި

Aug 7, 2011

ޒުވާނުންނަށް އަމާޒުކޮށްގެން ދިރާގުން އެސްއެމްއެސް ޖެލެންޖްގެ ނަމުގައި ޕްރޮމޯޝަންއެއް ފަށައިފިއެވެ.

ދިރާގުން މައުލޫމާތު ދެއްވާގޮތުގައި މި އެސްއެމްއެސް ޗެލެންޖްގައި ބައިވެރިވުމަށް “ސީއެޗް” ޖައްސަވާފައި ހުސްތަންކޮޅެއް ދޫކޮށްފައި ޗެލެންޖް ކުރަން ބޭނުންވާ ރައްޓެއްސެއްގެ ނަންބަރު ޖައްސަވާފައި 233 އަށް އެސްއެމްއެސްއެއް ފޮނުވުމުން ޗެލެންޖްގައި ބައިވެރިވެވެއެވެ. އަދި އޭރުން ދެފަރާތަށްވެސް އާއްމު މައުލޫމާތު ސުވާލަކާއި މަލްޓިޕްލް ޗޮއިސް 3 ޖަވާބު ލިބޭނެއެވެ. 10 މިނެޓްގެ ތެރޭގައި ރަނގަޅު ޖަވާބު އެސްއެމްއެސް ކުރަންޖެހެއެވެ. ދެފަރާތުގެ ޖަވާބު ރަނގަޅުވެ ސްކޯ އެއްވަރު ވެއްޖެނަމަ ރޮކްޕެޕާސިޒާ ގޭމެއް ކުޅެގެން މޮޅުވާމީހެއް ހޮވާ އެމީހަކަށް 3 ޕޮއިންޓް ލިބޭނެއެވެ.

ކޮންމެ ހަފްތާއެއްގައިވެސް އެންމެ މަތީ ޕޮއިންޓް ހޯދާ 50 ފަރާތެއްގެ މެދުގައި ގުރުއަތު ނެގުމަށްފަހު ހަވާލު ކުރެވޭ އިނާމު ތަކުގެ ތެރޭގައި ސޮނީ އެމްޕީތިރީ ޕްލޭޔަރ، ހެޑްސެޓް، އަދި އެޕަލް އައިޕޮޑް ފަދަ ތަކެތި ލިބޭނެކަމަށް ދިރާގުން މައުލޫމާތު ދެއެވެ. މީގެއިތުރުން ރަމަޟާން މަސް ނިމުމުން ޗެލެންޖް ނިންމުމަށްފަހު ނަގާ ގުރުއަތުލުމުން ލިބޭ އިނާމު ތަކުގެ ތެރޭގައި އެއްވަނަ އިނާމަކަށް ނިކޮން ޑީއެސްއެލްއައި ކެމެރާ (ލެންސްއަކާއެކު) ލިބޭނެއެވެ. އަދި ދެވަނަ އިނާމަކަމަށް ޕީއެސް ތްރީއެއް ލިބޭއިރު ތިންވަނަ އިނާމަކަށް ބޯޝް ބްރޭންޑްގެ ސައުންޑް ސިސްޓަމްއެއް ވަނީ ހުށަހެޅިފައެވެ.

ބައިވެރިންނަށް ޕޮއިންޓް ލިބެމުންދާވަރު ދިރާގުގެ ވެބްސައިޓުން ބެލެން ހުންނަ މި ޗެލެންޖް ކުރިޔަށް ދާނީ އޯގަސްޓް 31 ގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355