twitterviber whatsapp telegramfacebookyoutube instagram
25th April 2024

މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެހަފުތާގައި ހުށަހެޅުނު މައްސަލަތަކުގެ އަދަދު އޭގެ ކުރީ އަހަރާ ބަލާއިރު މަދުކަމަށް ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ބުނެފި

Aug 20, 2011

އިބްރާހިމް ހަމީދު

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދެހަފުތާގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ރިޕޯޓު ކުރެވުނު މައްސަލަތަކުގެ އަދަދު މިދިޔަ އަހަރުގެ ރަމަޟާން މަހުގެ އެމުއްދަތާ އަޅާ ބަލާއިރު މަދުކަމަށް ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހާމަކޮށްފި އެވެ.

ކުޅުދުއްފުށީ އޮންލައިނުން ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ރީޖަނަލް ކޮމާންޑަރ ސަބްއިންސްޕެކްޓަރ އިބްރާހީމް ނަބީލް ވިދާޅުވީ މިދިޔަ އަހަރު ރަމަޟާންމަހުގެ ފުރަތަމަ ދެހަފްތާތެރޭގައި އެސްޓޭޝަނަށް ހުށަހެޅި މައްސަލަތަކާއި އަޅާ ބަލާއިރު މިއަހަރުގެ އެމުއްދަތުގައި ހުށަހެޅި މައްސަލަތަކުގެ އަދަދު މަދުކަމަށެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން ރީޖަނަލް ކޮމާންޑަރ އިބްރާހިމް ނަބީލް ވިދާޅުވީ މިދިޔަ ރަމަޟާންމަހުގެ ފުރަތަމަ ދެހަފްތާގައި ތަފާތު ބާވަތް ތަކުގެ 53 މައްސަލައެއް ރިކޯރޑްކުރެވިފައިވާ ކަމަށެވެ. އަދި މިއަހަރުގެ ރަމަޟާންމަހުގެ މިހާތަނަށް ރިކޯރޑް ކުރެވިފައި ވަނީ 18 މައްސަލަ އެއް ކަމަށެވެ.

އިބްރާހީމް ނަބީލް ވިދާޅުވީ އާންމުކޮށް ރަމަޟާން މަސްމަހު ރާއްޖޭގެ އެކި ސަރަހައްދުގައި މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ އަދަދު އިތުރުވީ ނަމަވެސް މިރަމަޟާން މަހުގެ ފުރަތަމަ ދެހަފްތާގެ ތެރޭގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ރިކޯޑް ކުރެވިފައިވަނީ އޭގެ އެންމެ މައްސަލައެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355