twitterviber whatsapp telegramfacebookyoutube instagram
11th February 2026

ބާޒާރު ބަނދަރު ތަރައްޤީކުރުން: އަނެއްކާވެސް ޕްރޮޕޯޒަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފި

Aug 24, 2011

ކުޅުދުއްފުށީ ބަދަރާއިއެކު އިތުރު އަށްރަށެއްގެ ބަނދަރު، ބާޒާރު ބަނދަރުގެ ނަމުގައި ތަރައްޤީކުރުމަށް ޕްރޮޕޯޒަލް ހުށަހެެޅުމުގެ ފުރުސަތު ދެވަނަ ފަހަރަށް ސަރުކާރުން ހުޅުވާލައިފިއެވެ.

އިކޮނަމިކް މިނިސްޓްރީން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ބާޒާރު ބަނދަރު ތަރައްގީ ކުރުމުގެ ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ)ގެ ޑޮކިއުމެންޓަށާއި ލޭންޑް ޔޫސް ޕްލޭންތަށް، ރަށްތަކުގެ ކައުންސިލްތަކަށް ހުށަހަޅައި އެ ހުށަހެޅުންތަކާ އެއްގޮތަށް އިސްލާހު ގެނެސް ފައި ވާނެކަމަށެވެ. އެގޮތުން އިސްލާހު ކުރެވި އަލުން ފުރުސަތު ހުޅުވާލެވުނު ރަށްތަކަކީ، ހދ. ކުޅުދުއްފުށީގެ އިތުރުން ލ.ގަމާއި، ގދ.ތިނަދޫ އާއި، ރ.ދުވާފަރާއި، ހއ ހޯރަފުށްޓާއި،ހއ. އިހަވަންދޫ އާއި،ދ. ކުޑަހުވަދޫ އާއި، މ.މުލައް އަދި ގއ.ދާންދޫ އެވެ.

ކުޅުދުއްފުށި ކައުންސިލުގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވީ، ކުޅުދުއްފުށީގެ ބާޒާރު ބަނދަރުގެ ޑިޒައިނަށާއި ބަނދަރުގެ އިތުރު ކަންކަތައްތަކަށްވެސް ކުދިކުދި އިސްލާހުތަކެއް އެކައުންސިލުން ގެނެސްފައިވާނެ ކަމަށެވެ.

އިކޮނަމިކް މިނިސްޓްރީން ބުނީ ރަށްރަށުގެ ބަނދަރުތައް ތަރައްގީ ކުރުމަށް ތިން ގިންތި އަކަށް ބަހާލާފައިވާ ކަމަށެވެ. އެއީ ރަށު ފެންވަރުގެ ބަނދަރާއި އަތޮޅު ފެންވަރުގެ ބަނދަރާއި އަދި ސަރަހައްދީ ފެންވަރުގެ ބަނދަރެވެ. އެގޮތުން ކުޅުދުއްފުށީގައި ތަރައްޤީ ކުރުމަށް ހަމަޖައްސާފައިވަނީ ސަރަހައްދީ ފެންވަރުގެ ބަނދަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355