twitterviber whatsapp telegramfacebookyoutube instagram
8th May 2025

ހޮސްޕިޓަލް އިން މަދުވެފައިވާ ޑޮކްޓަރުން ވަނީ ލިބިފައި: މެނޭޖަރ

Aug 25, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިވަގުތު މަދުވެފައިވާ ޑޮކްޓަރުން ލިބިފައިވާ ކަމަށް ހޮސްޕިޓަލްގެ މެނޭޖަރ ޝީޒާ އިބްރާހިމް ބުނެފިއެވެ.

ހޮސްޕިޓަލްގެ މެނޭޖަރ ޝީޒާ އިބްރާހިމް ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއަށް ބޭނުންވާ ޑޮކްޓަރުން ލިބިފައިވާކަމަށާއި އެހެން ނަމަވެސް ހޮސްޕިޓަލަށް ނުގެނެވިގެން މިއުޅެނީ އިމިގްރޭޝަނުން ނިންމަންޖެހޭ ކަންތައްތަކެއް ހުރުމުން އެކަންތައްތައް ނުނިމޭތީކަމަށާއި އެކަންތައްތައް ނިމުނުހާ އަވަހަކަށް އެޑޮކްޓަރުންގެ ހިދުމަތް ހޮސްޕިޓަލުން ލިބިގެންދާނެކަމަށެވެ. އަދި ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ހުރިހާ ޑޮކްޓަރުން ގެނެސް ނިމޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ޝީޒާ ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން އަޕަރ ނޯތް ހެލްތު ސަރވިސަސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ހަސަން ވިދާޅުވީ ލޭބަރ މިނިސްޓްރީ އާއި އިމިގްރޭޝަން ޑިޕާރޓްމަންޓް އާއި ދެމެދު ހިނގަމުންދާ މައްސަލަ ތަކެއްގެ ސަބަބުން ވިސާ ޕްރޮސެސް އަށް ހުރަސްތަކެއް ކުރިމަތި ވަމުން ދާކަމަށާއި އެމައްސަލަތައް ހައްލުކޮށް އަންނަން ތައްޔާރުވެފައި ތިބި ޑޮކްޓަރުން ތަކުގެ ވިސާގެ ކަންތައްތައް ހަލުވި ކުރުމަށް ހެލްތު މިނިސްޓްރީއާ ގުޅިގެން ކުރިޔަށް އެބަދާކަމަށެވެ. އަދި ލޭބަރ މިނިސްޓްރީ އާއި އިމިގްރޭޝަންގެ ދެމެދުގައި ހިނގަމުންދާ މައްސަލަތައް ވަރަށް އަވަހަށް ހައްލު ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355